އެމަޖެންސީގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓްވެއްޖެ

އެމަޖެންސީގައި ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެކްސިޑެންޓްވެއްޖެ

Author
ޢަލީ އާދަމް
16 މެއި 2022 09:17
0

މާލޭ އޯކިޑް މަގުން އެމަޖެންސީގައި ދުއްވާފައި ދިޔަ އެމްބިއުލާންސްއެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓްވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އޯކިޑް މަގުން ދުއްވާފައި ދިޔަ އެމްބިއުލާންސެއް އެމަގުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާ ނުވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ ސައިކަލުތަކެއް ވަނީ ވެއްޓިފައެވެ. ނަމަވެސް ސައިކަލުތަކަށްވެސް އަދި އެމްބިއުލާންސަށްވެސް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ސާފެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.