ރާއްޖެ އިސްލާމްވީ ދުވާހާއި ގުޅިގެން ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތެއް

ރާއްޖެ އިސްލާމްވީ ދުވާހާއި ގުޅިގެން ކުޑަކުދިންނަށް ކުރެހުމުގެ މުބާރާތެއް

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 01:37
0

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި މި މިނިސްޓްރީން އިންތިޒާމްކޮށްގެން، ޢުމުރުން 15 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މުބާރާތުގެ މަޤްޞަދަކީ، ދިވެހި ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާއެއްގެ މަތީގައި ބިނާވާ އުފެއްދުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީއަށް ކުރެހުން ކުރެހުން ހުށަހެޅަންޖެހެއެވެ. ހުށަހަޅަންވާނީ އީ-މެއިލް މެދުވެރިކޮށް، [email protected] އީ-މެއިލުގެ ސަބްޖެކްޓުގައި "ރާއްޖެ އިސްލާމްވީ ދުވަހުގެ ކުރެހުމުގެ މުބާރާތް" ޖެއްސެވުމަށްފަހު، ކުއްޖާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު، އެޑްރެސް، އުމުރު އަދި ގުޅޭނެ ފޯނު ނަންބަރު އީ-މެއިލުގައި ޖައްސަވާފައިކަމަށް އެމިނިސްޓްރީން ބުނެއެވެ.

މުބާރާތުގެ ތީމްތައް:
1. ނަމާދު : ނަމާދު ވަގުތުތައް ދައްކުވައިދޭ ކުރެހުން، ނަމާދުކުރާ ތަން ދައްކުވައިދޭ ކުރެހުން، ނަމާދުގެ މުހިންމުކަން އަންގައިދޭ ކުރެހުން، ނަމާދަށް ޝައުގުވެރިވާނެ ގޮތްތައް ދައްކުވައިދޭ ކުރެހުން.
2. މަންމަ އާއި ބައްޕަ : މައިންބަފައިންނަށް އެހީތެރިވުން، މައިންބަފައިންނަށް އަޅާލުން، މައިންބަފައިނެގް ބަސްއެހުން، މައިންބަފައިންނަށް އިޙްތިރާމްކުރުން.
3. ގެފުޅު : ގެފުޅަކީ ކޮން ތަނެއްކަން، ގެފުޅަށް ޒިޔާރަތްކުރުމުގެ ބޭނުން.

އިންސާފު ކުރުމާއި ވަނަ ހޮވުން މި މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށް އިންސާފު ކޮށް ވަނަ ހޮވާގޮތަށް ވަނީ ހަމަޖައްސާފައެވެ.  އަދި އެންމެ މޮޅު 5 ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެކަމަށެވެ. މި މުބާރާތުން 1ވަނަ 2ވަނަ 3ވަނަ 4ވަނަ އަދި 3ވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
– 1 ވަނަ އަށް 1500 ރުފިޔާ އާއި ހަނދާނީ ލިޔުން
– 2 ވަނަ އަށް 1000 ރުފިޔާ އާއި ހަނދާނީ ލިޔުން
– 3 ވަނަ އަށް 700 ރުފިޔާ އާއި ހަނދާނީ ލިޔުން
– 4 ވަނަ އަށް 500 ރުފިޔާ އާއި ހަނދާނީ ލިޔުން
– 5 ވަނަ އަށް 300 ރުފިޔާ އާއި ހަނދާނީ ލިޔުން

ކުރެހުމާ އެކު ހުށަހަޅަންޖެހޭ ތަކެތި، ކުރެހުންތެރިޔާގެ އައިޑީ ކާޑުގެ ކޮޕީއެއް، ކުރެހުންތެރިޔާގެ ސްޓޭމްޕް ސައިޒުގެ ފޮޓޯއެއް ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއަކާއި، ކުރެހުމާއެކު ނަގާފައިވާ ފޮޓޯއެއް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް މިނިސްޓްރީން ވަނީ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.