ނަޝީދު ވިދާޅުވަނީ ކުރީގެ ރައީސުންގެ އަބުރުވެސް ކަތިލީފަދައިން މިހާރުގެ ރައީސްގެވެސް އބުރު ކަތިލެވެން ވާނެކަމަށް

އަޅުގަނޑާއި ބެހޭގޮތުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް: ރައީސް ޞާލިޙް

އަޅުގަނޑާއި ބެހޭގޮތުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް: ރައީސް ޞާލިޙް

2023ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަނުކުރައްވަން ނިންމަވާފައި ނުވާކަމަށާއި އެމަނިކުފާނާ ގުޅޭގޮތުން ރައީސް ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ ނަޝީދުގެ ވާހަފުޅުތަކާއި ގުޅިގެން ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެސް ނޫނީ ޕާޓީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދާއި ކުރައްވާފައި ނުވާނެކަމަށެވެ އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ނުކުރަން ވެސް ނުނިންމާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެފަދަ އެއްވެސް ކަމަކާ އެއްވެސް ފަރާތަކާ މަޝްވަރާ ނުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބުރޫކް އަޒީޒް ވެސް ވަނީ މިކަން ދޮގުކުރައްވާފައެވެ.

މަބުރޫކް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވާދަނުކުރައްވާ ނިންމާ އެކަން އެއްވެސް ބޭފުޅަކާ ހިއްސާ ކުރައްވާފައި ނުވާ ކަމަަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމެވުމަށް ފަހު އެކަން އެމަނިކުފާނު ހާމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުން ބޮޑުވެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތާޢީދުކުރާ ފަރާތްތަކުގެ މެދުގައި ގެންދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީން ނެރޭނެ ކެނޑިޑޭޓަކާމެދު ބަހުސް ކުރެވެމުންނެވެ. އެގޮތުން ރައީސް ޞާލިޙަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންގެންދަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ފެކްޝަނުން އަބަދުވެސް ވަކާލާތު ކުރަމުން ދަނީ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓު ކަނޑައެޅޫމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *