ބަހުސްއިން އެނގުނީ އެމްޑީޕީންކިޔާ ނަޒާހަތްތެރިކަމުގެ "ހުދު ތާކިހަލަކީ" ފޭކް ސްޓޯރީއެއްކަން: ޝުޖާ

ބަހުސްއިން އެނގުނީ އެމްޑީޕީންކިޔާ ނަޒާހަތްތެރިކަމުގެ "ހުދު ތާކިހަލަކީ" ފޭކް ސްޓޯރީއެއްކަން: ޝުޖާ

ގުޅުންހުރި

ރޭގެ ބަހުސްއިން އެނގުނީ އެމްޑީޕީއިން ދައްކާ ނަޒާހަތްތެރިކަމަކީ "ފޭކް ސްޓޯރީ"އެއްކަންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދިހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢު ވިދާލުވެއްޖެއެވެ.

ރޭ ސަންގު ޓީވީން އިންތިޒާމްކޮށްގެން ބޭއްވި ބަހުސްއަށް ފާޑުވިދާޅުވަމުން ޝުޖާ ވިދާޅުވީ، ރޭ ބަހުސްއިން އެނގުނީ އެމްޑީޕީން ކިޔާ ނަޒާހަތް ތެރިކަމުގެ "ހުދު ތާކިހަލަކީ" ބޮޑު ފޭކް ސްޓޯރީ އެއްކަންކަމަށެވެ. އަދި އަމިއްލަ ކަމަކާ ޖެހުނީމަ ވަޒީފާ ހޯދުމާ ،ޤަވައިދުތައް ބަދަލުކޮށް ރަށްތައް ކާލުމާއި ،ބަދަލުގެ ގޮތުގައި ފައިސާ ނަގާ ކާލުމަކީ އެމްޑީޕީގެ އާދަކަންކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާ މިހެން މި ވިދާޅުވެފައިވާއިރު، ރޭގެ ބަހުސްގައި މޮޑެރޭޓަރ އިމްތިޔާޒް ފަހުމީއާއި ސުވާލު ކުރައްވާފައިވަނީ، އިމްތިޔާޒު ފަހުމީގެ އާއިލީ ބެބޭފުޅެއް އަވަހާރަ ވެގެން، އަމިއްލަ ނަމުގަ އޮތް ރަށެއް އޭރު ގަވާއިދު އޮންނަ ގޮތުން، އަމިއްލަ ނަމުގައި ހަދާފައި އޮންނަ އެއްބަސްވުންތައް ވާރިސުންނަށް ވާރުތަ ނުވާތީ، މިގޮތަށް މިކަން ދިމާވުމުން، އިމްތިޔާޒު ފަހުމީއާއި ރައީސް ނަޝީދު ހިމެނޭ ގޮތަށް އޭރުގެ ފިޝަރީޒް މިނިސްޓަރު ޒަހާއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ގުޅުއްވައިގެން، އުސޫލު ބަދަލުކޮށް އެރަށް ވަނީ ވާރިސުންނަށް ބަދަލު ކޮށްފަކަމަށާއި އެކަމުގެ ހަގީގަތަކީ ކޮބައިތޯ އެވެ.

މި ސުވާލުގެ ޖަވާބުގައި އިމްތިޔާޒު ފަހުމީ ވިދާޅުވީ ސިޔާސަތެއް ވަނީ ބަދަލު ކޮށްފައި ކަމަށާއި، އެ ސިޔާސަތުތައް ބަދަލުކުރީ ރައީސް އޮފީހުން ކަމުގައެވެ. އަދި އޭނާ ވިދާޅުވީ މިގޮތަށް ހިނގާ ހުރިހާ މައްސަލަތަކެއްގައި މީހުން މަރުވިޔަސް އެމީހާގެ އެ ވާރިސުންނަށް ކަންކަން ބަދަލުވެގެންދާ ކަމަށެވެ.

އެހެންނަމަވެސް އެ ގަވާއިދު ބަދަލުކުރީ އިންތިގެ ތިމާގެ ބޭފުޅަކު ނިޔާވުމުން ކަމަށް ނޫންތޯ މޮޑެރޭޓަރު ސުވާލު ކުރެއްވުމުން ޖަވާބުގައި އިމްތިޔާޒު ވިދާޅުވީ "އަޅުގަޑަކަށް ނޭގޭ" ކަމުގައެވެ.

އެއީ ހައްގުވެރިންނަށް ހަމަ ލިބެންޖެހޭ އެއްޗެއް. އަޅުގަނޑަކާއި ބެހޭ ކަމެއް ނޫން"

ޖަވާބުގައި އިންތި ވިދާޅުވިއެވެ.

އިންތިގެ މިސުވާލުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެން ދިޔައިރު، އޭނާގެ ބައްޕަގެ ނަމުގައިވެސް ރަށެއް އޮތްކަމަށާއި، އެހެންނަމަވެސް ދެންނެވުނު ގަވާއިދުގެ ސަބަބުން އެރަށް އޭނާގެ ބައްޕަގެ ވާރިސުންނަށް ވާރުތަ ނުވި ކަމަށެވެ.

ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަޑުގެ ބައްޕަގެ ރަށެއް އެމްޑީޕީ ފުރަތަމަ ސަރުކާރުގަ އަޅުގަޑުގެ ބައްޕަ ނިޔާވިއިރު، އަޅުގަޑުމެންނަކަށެއް އެރަށް ވާރުތައެއް ނުވި އެގޮތަށް އޮތީމަ (ގަވާއިދު އޮތް ގޮތުގެ ސަބަބުން) އިނގޭތޯ. އެހެންވީމަ އިންތިގެ ގުޅުން އޮތް އާއިލީ މެމްބަރެއްގެ ކަމަކާއި ގުޅިގެންވެސް އެކަން ބަދަލުވީތީ އަޅުގަޑު ވަރަށް ބޮޑަށް ޝުކުރު ދަންނަނަވަން."

ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ޖަވާބާއި ގުޅިގެން އިންތިގެ ތިމާގެ ބޭފުޅާގެ ވާރިސުންނަށް މިރަށް ބަދަލުވާގޮތަށް ގަވާއިދު ބަދަލުކުރަން އިންތި ފައްޔާޒަށް ގުޅުއްވިތޯ މޮޑެރޭޓަރު ސުވާލު ކުރެއްވުމުން ޖަވާބުގައި ފައްޔާޒު ވިދާޅުވީ އިންތި ގުޅުއްވި ކަމަށާއި އިމްތިޔާޒު ފަހުމީ ކުރެއްވި މެސެޖްތައްވެސް އެބަހުރި ކަމުގައެވެ.

އާދެ ގުޅުވި އިނގޭތޯ، އަޅުގަނޑު އަތުގަ މެސެޖުވެސް އެބަހުރި.

ފައްޔާޒު ވިދާޅުވިއެވެ.

މިހާރު ކުރިޔަށްދާ ކެމްޕޭންގައި ޗެއަރޕާސަންކަަމަށް އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވަމުން ގެންދަވަނީ، އޭނާއަކީ ދުވަހަކު އަމިއްލަ ކަމެއްގައި ސަރުކާރުގެ އިސް އޮފިޝަލަކަށް ނުގުޅުއްވާ އަދި ނަޒާހަތްތެރި ބޭފުޅެއް ކަމުގައި އަމިއްލަފުޅަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި ތާއީދު ކުރައްވާނީ ނަޒާހަތްތެރި ބޭފުޅަކަށް ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ