ރައީސް ޔާމިނަކީ ސްޕްރޭއަށް ސިހި ވަޑައިގަންނަވާނެ ބޭފުޅެއްނޫންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭޖެހި މައްސަލާގައި ޝުޖާޢު ވިދާޅުވީ، ރައީސް ޔާމީނަކީ ހައި ސެކިއުރިޓީ ގައި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޤާނޫނުން ލާޒިމް ކުރާފަރާތެއްކަމަށެވެ. ވަށައިގެން ކެމެރާ އަޅައި، ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށް މިފަދަ ނުރައްކާތެރި މެސެޖެއް ދިނުމަކީ ރައީސް ޔާމީނަށް ސަރުކާރުން ދިން އިންޒާރެއްކަމަށާއި، ރައީސް ޔާމިނަކީ ސްޕްރޭއަށް ސިހި ވަޑައިގަންނަވާނެ ބޭފުޅެއްނޫންކަމަށް ޝުޖާޢު ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލުގެ އަނިޔާވެރިކަމުގައި ވެސް ކެތްކުރެއްވީ ޤައުމާއި، ރައްޔިތުންނަށްޓަކައިކަމށާއި، އެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޝުޖާޢު ވިދާޅުވިއެވެ. .
ސީރިއެސް މައްސަލަތަކުގެ ގޮތުގައި ބެއްލެވުމަށްވެސް ގޮވާލަން.ނުބަލައިފި ނަމަ އަޅުގަނޑުމެން އެނބުރި އައިސް ބަލާނެވާހަކަވެސް ދަންނަވަން.މުޑުދާރުގޮތްތައް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން. @presidencymv
3/3— Ibrahim Shujau (@IbrahimShujaau) May 12, 2022
ރައީސް ޔާމިންގެ ގެކޮޅަށާއި، ޕީޕިއެމް އޮފީހަށް ސްޕްރޭކުރި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރޭ ދަންވަރު ރައީސް ޔާމީންގެ ގެކޮޅު، ހ.ދޫވެހީގެ ދޮރަށާއި، ގަރާޖުގެ ގޭޓުގައި އެމަނިުފާނު ހައްޔަރުކުރުމަށް ގޮވާލާ ވަނީ ސްޕްރޭކޮށްފައެވެ. އަދި ޕީޕީއެމް އޮފީހަށާއި އެ އޮފީހުގައި ހަރުކޮށްފައި ހުރި ޕޯސްޓަރަކަށް ވެސް ވަނީ އެ ލިޔުން ސްޕްރޭކޮށްފައެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އިސްތަށިފުލުގައި ވައްކަމުގެ ތުހުމަތު އަޅުވާ ބައެއް ލިޔެކިޔުންތައްވެސް އެ ސަރަހައްދަށް އަޅާފައިވާކަމަށް ޕީޕީއެމް އިން ބުންޏެވެ.
ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭޖަހާފައިވާއިރު، ރައީސް ޔާމީން އިސްވެ ފަށްޓަވާފައިވާ އިންޑިއާ އައުޓް ހަރަކާތުގައިވެސް ބައެއް ސަރަހައްދުތަކުގެ ފާރަށުގައި އިންޑިއާ އައުޓް ލިޔެ ސްޕްރޭކޮށްފައިވެއެވެ. އަދި އިންޑިއާ އައުޓް ބެނާ ބައެއް ސަރަހައްދުތަކުގައި ދަމަމުން ގެންގޮސްފައިވެއެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ނަފްރަތުގެ އަމަލެއްކަމަށް ބަލައި، ރައީސްގެ ޤަރާރަކުން ހުއްޓުވުމަށް އިދާރާތަަކށް އަންގާފައިވާ ހަރަކާތެކެވެ. ރައީސް ޔާމީންގެ ގެކޮޅާށާއި، ޕީޕިއެމް އޮފީހުގެ ދޮރަށް ސްޕްރޭކުރި މައްސަލާގައި އެޕާޓިގެ އިސް ފަރާތްތަކާއި، ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
One Response
ޔާމީނު ދޭ އިންޒާރަކަށް ސަރުކާރެއްވެސް ނުސިހޭނެއެވެ. ދެނެއް ދިވެހި ރައްޔިތުންނަށް އަނިޔާކޮށް ޖަލަށްލާ ހަދާކަށް ދިވެހިންނެއް ދުވަހަކުވެސް ތިޔަ ޔާމީނަކަށް ފުރުސަތެއް ނުދޭނެއެވެ. ތިޔަ އުޅެނީ ހުވަފެނެއްގައެވެ.