"ހިންގާލަން" ކެމްޕެއިންގައި ފައްޔާޒާއި ރޮޒެއިނާ ރާއްޖޭގެ ހުރިހާ ރަށަކަށް!

"ހިންގާލަން" ކެމްޕެއިންގައި ފައްޔާޒާއި ރޮޒެއިނާ ރާއްޖޭގެ ހުރިހާ ރަށަކަށް!

Author
ޢަލީ އާދަމް
10 މެއި 2022 09:58
0

މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ވަޑައިގެން ކެމްޕެއިން ނިންމަވާލައްވައިފިއެވެ.

ފައްޔާޒްގެ ޓީމުން "ހިންގާލަން" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިންގައި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމްވެސް ވަނީ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ކެމްޕެއިން ކުރައްވާފައެވެ. އެގޮތުން މި ޓީމުން އެންމެ ފަހުން ވަޑައިގަތީ ތ. އަތޮޅު ބުރުންޏަށެވެ.

ކެމްޕެއިން ދަތުރުތައް ނިންމަވާ ލައްވައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު މިނިމުނީ ކޮޅުމަޑުލުން ކަމަށެވެ.

"މުޅި ރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެމްބަރުންގެ އަޒުމާ ހިތްވަރަށް ސާބަހާ ޝުކުރު ދަންނަވަން"

– ފައްޔާޒް

މީގެ އިތުރުން ކެމްޕެއިން ދަތުރުތައް ނިންމާލެއްވުމަށްފަހު ރޮޒައިނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެވުމުން އެނގުނީ އެމްޑީޕީ ހިންގާލަން ޕާޓީގެ މެމްބަރުން ބޭނުން ވާކަން ކަމަށެވެ. އަދި ސަރުކާރާއިއެކު މަސައްކަތް ކުރަން ބޭނުންވާ ކަން ކަމަށާއި 2023 ގައި އެމްޑީޕީގެ ވެރިކަމެއް ބޭނުންވާކަން ވެސް އެނގިގެން ހިނގައްޖެ ކަމަށް ރޮޒއިނާ ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ޓީމުން މިހަފްތާގެ ކުރީކޮޅުވަނީ ރާއްޖޭގައި މިީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ނިންމާލާފައެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ވާދަވެރި އަދި ފޯރިގަދަވާނެ އިންތިޚާބެއްކަމަށް ބެލެވެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.