ހަމަ ނުޖެހުންތަކަފަހު، ސްރީ ލަންކާގައި އެމަޖެންސީ ބާރުތަށް ސިފައިންނާއި ފުލުހުންނަށް ދީފި

ހަމަ ނުޖެހުންތަކަފަހު، ސްރީ ލަންކާގައި އެމަޖެންސީ ބާރުތަށް ސިފައިންނާއި ފުލުހުންނަށް ދީފި

Author
ހުސެއިން
10 މެއި 2022 06:24
0

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިއާއި ގުޅިގެން އެގައުމުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިގާ، 7 މީހަކު މަރުވެ އަދި 200 މީހުންނަ އަނިޔާ ވުމަށްފަހު، މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެގައުމު ސިފައިންނަށާއި ފުލުހުންނަށް އެމަޖެންސީ ބާރުތައް ދީފިއެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން، އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ބޭބެ އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ މަޖުބޫރީ ހާލަތުގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެމަޖެންސީ ބާރުތައް ސިފައިންނާއި ފުލުހުންނަށް ދިނުމާއި ގުޅިގެން، އެރެސްޓު ވޮރެންޓަކާއި ނުލާއި، ހަމަނުޖެހުން ހިންގާ މީހުން ހިފާ ހައްޔަރު ކުރުމުގެ ބާރު އެގައުމުގެ އަސްކަރިއްޔާއާއި ޕޮލިހަށް ލިބިގެން ދާނެއެވެ.

ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއަކީ، 1948ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބުނުފަހުން އެގައުމު ވެއްޓިފައިވާ އިގްތިސާދީ އެންމެ ބޮޑު ވަޅުގަޑެވެ.

ކުރިމަތި ވެފައިވާ އިގްތިސާދީ ކާރިސާގައި، ބޭހާއި އާންމު ކާބޯތަކެތީގެ އިތުރުން އަސާސީ އެހެނިހެން ތަކެއްޗަށްވެސް ގައުމު ޖެހިފައިވާއިރު، އެގައުމުގެ ސަރުކާރާ ދެކޮޅަށް ހުރިޔަށްދިޔަ މުޒާހިރާތައް އިއްޔެއާއި ހަމައަށް ކުރިޔަށް ގޮސްފައިވަނީ ސުލްހަވެރި ކަމާއެކުއެވެ.

އެހެންނަމަވެސް، އިއްޔެއިން ފެށިގެން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގަން ފަށާފައެވެ. ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ބޭބެ، މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، މުޅި ގައުމުގައި ހަމަނުޖެހުން އާންމު، އެންމެފަހުން، މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންނައި ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދާ ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިގަން ފެށުމާއި ގުޅިގެންނެވެ.

އަދި މިހަމަނުޖެހުން ތަކުގައި އިއްޔެއާއި ރޭގެ ވަގުތުތަކުގައި މުޒާހިރާ ކުރާމީހުންވަނީ ރާޖަޕަކްސައަށް ދާއީތުކުރާ، ގާނޫނުހަދާ މަޖިލިހުގެ އެތައް މެމްބަރުންނެއްގެ ގޭގައިވެސް ރޯ ކޮށްލާފައެވެ. އަދި އެއް މެމްބަރަކު ވަނީ މުޒާހިރާކުރާ މީހުންގެ އަތްދަށު ނުވާންވެގެން އަމިއްލައަށް މަރުވެސް ވެފައެވެ.

ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްގައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސްރީ ލަންލާގެ ހަންބަންޓޯޓާގެ މެޑަމުލާނާގައި ހުންނަ، މަހިންދަ ރާޖަޕަކްސައާއި ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ މައިފުނު ގެ ވަނީ އަނދާ އަޅިއަށް ވެފައެވެ.

އަދި މީގެއިތުރުން ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކުންވަނީ، ކުރުނެގަލައިގައި ހުންނަ މަހިންދަ ރާޖަޕަކްސަގެ ގޭގައިވެސް ރޯ ކޮށްލާފައެވެ. އަދި މުޒާހިރާކުރާ މީހުންވަނީ، މަހިންދަ ރާޖަޕަކްސައާއި ގޮޓަބަޔަ ރާޖަޕަކްސަގެ ބައްޕަގެ ހަނދާނުގައި، ހަމްބަންޓޯޓާގެ މެޑަމުލަނާގައި ހަދާފައިހުރި ހަނދާނީ ބިނާއެއްވެސް ތަޅާލާފައެވެ.

މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އާންމު ރައްޔިތުން އޭނާއާއި ރައީސް ގޮޓަބަޔަ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާ މުޒާހިރާ ކުރަމުންދާތާ މަހެއްހާ ދުވަސް ފާއިތުވެގެން ދިޔަ ފަހުންނެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުގެ މަހެއްހާ ދުވަސްކުރިން ގޮޓަބަޔަގެ މުޅި ކެބިނެޓް އެކީގައިވަނީ އިސްތިއުފާ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.