ސްރީ ލަންކާގައި ހިގަމުންދާ ހަމަނުޖެހުންތަކުގައި، ގާނޫނުހަދާ މަޖިލިހުގެ މެމްބަރަކު އަމިއްލައަށް މަރުވެއްޖެ

ސްރީ ލަންކާގައި ހިގަމުންދާ ހަމަނުޖެހުންތަކުގައި، ގާނޫނުހަދާ މަޖިލިހުގެ މެމްބަރަކު އަމިއްލައަށް މަރުވެއްޖެ

Author
ހުސެއިން
09 މެއި 2022 07:59
0

ސްރީ ލަންކާގައި ހިގަމުންދާ ހަމަނުޖެހުންތަކުގައި އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރަކު މަރުވެއްޖެ ކަމުގައި ސްރީ ލަންކާގެ ފުލުހުންނާއި ހަވާލާދީ އެގައުމުމެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ފުލުހުންނާއި ހަވާލާދީ ސްރީ ލަންކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެގައުމުގެ ވެރިކަންކުރާ ޕާޓީތަކުގެ މެމްބަރެއް ކަމުގައިވާ، އަމަރަކީރިތި އަތުކޮރެލާ ވަނީ، އޭނާ ދުއްވަމުންދިޔަ ކާރަށް، ނިއްޓަމްބުވާ ޓައުންގައި ހުރަސް އެޅި ދެމީހަކަށް ބަޑިން ހަމަލާދީ އެކަކު ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައެވެ. އަދި އޭނާ ފަހުންވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ.

"ގާނޫނުހަދާ މަޖިލިހުގެ މެމްބަރު ގޮސް ރައްކާތެރިކަން ހޯދުމަށް ވަނީ ކައިރީގަހުރި އިމާރާތަކަށް،" އޭއެފްޕީ ނޫހަށް ފޯނުން މައުލޫމާތު ދެމުން ސްރީލަންކާގެ ފުލުން ވިދާޅުވެފައި ވެއެވެ. "އެތައް ހާސް ބަޔަކު އޭނާ ހުރި އިމާރާތް ވަށާލުމާއެކު އޭނާވަނީ އޭނާގެ އަތުގައި އޮތް ފިސްތޯލައިން އަމިއްލައަށް މަރުވެފައި."

މި ހާދިސާ ހިނގާފައިވަނީ، ކާފިއު ހިންގާފައިވަނިކޮށް، އާންމުން މަގުތަކަށް ނިކުމެ، މިހާރު އިސްތިއުފާ ދީފައިވާ، ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަޕޯޓަރުންނަށް އާންމު ރައްޔިތުން ހަމަލާ ދެމުން ދަނިކޮށެވެ.

އިސްތިއުފާދެއްވި ބޮޑުވަޒީރު ރާޖަޕަކްސައަށް ތާއީދުކުރާ ފަރާތްތަކުން މިއަދު ވަނީ، މިމަހުގެ 9ވަނަ ދުވަހުން ފެށިގެން ބޮޑުވަޒީރުގެ ގެކޮޅުގެ ބޭރުގައި އިދިކޮޅު މުޒާހިރކުރާ ފަރާތްތަކުން ޖަހާފައިހުރި ޓެންޓުތައް ހަލާކުކޮށްލާ، ސަރުކާރާ ދެކޮޅަށް މުޒާހިރާ ކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގާފައެވެ. އަދި ވެރިރަށް ކޮލޮމްބޯގައި މިއަދު ހިނގާފައިވާ ހަމަނުޖެހުންތަކުގައި 138 މީހަކަށް މިއަދު އަނިޔާވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.