ރާޝިދު ޒަރިޔަންދަށް: "މުއްޓޭ ތައްޓޭ ބެޑްރޫމް ސެޓޭ ޓީވީއޭ" ކިޔާނެކަމެއް، ލަދުކޮބައިތޯ؟

ރާޝިދު ޒަރިޔަންދަށް: "މުއްޓޭ ތައްޓޭ ބެޑްރޫމް ސެޓޭ ޓީވީއޭ" ކިޔާނެކަމެއް، ލަދުކޮބައިތޯ؟

Author
މުޙައްމަދު ޖިމީ
05 މެއި 2022 12:18
0

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށް ތާއީދުކުރާ ފަރާތްތަކަށް ވަގަށް ގޮވުމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދުވެސް ކޯފާއިސްކުރައްވާ ރައްދު ދެއްވައިފިއެވެ.

ރާޝިދު ކޯފާ އިސްކުރައްވާ ރައްދު ދެއްވީ ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރޕާސަން އިސްމާއީލް ޒަރިއަންދު ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ޒަރިޔަންދު ވިދާޅުވީ، މިއަދު "ތަށިމުއްޓާއި ބެޑްރޫމް ސެޓާއި، އެސްއެމްއީ ލޯނާއި މަދު ފައިސާކޮޅަކަށް" ވޯޓް ވިއްކާލަން ތައްޔާރުވާނަމަ ވިސްނަވަންވީކަމަށެވެ. އަދި މާދަމާ އެ ވޯޓް ގަންނަފަރާތުން ތިބާއަށް ކުރި ޙަރަދު އަނބުރާ ހޯދާނީ، އޭގެ އެތައް ސަތޭކަގުނައަކަށް ރައްޔިތުންގެ މުދަލާއި ފައިސާއިން ކޮރަޕްޝަން ހިންގައިގެންކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދުއަށް ރައްދު ދެއްވާ ރާޝިދު ވިދާޅުވީ، އެންމެ ފަހުން ކުށެއް ނެތް މައުސޫމް ރައްޔިތު މީހާގެ ބޮލުގައިވެސް ވަގު ބަދުނާމު އެޅުވީކަމަށެވެ. "ލަދު ކޮބައިތޯ" ސުވާލުކުރައްވާ ރާޝިދު ވިދާޅުވީ، ނިކަމެތި ރައްޔިތު މީހާއަށް ވަގަށް ނުގޮވޭނެކަމަށެވެ. އެ ރައްޔިތު މީހާގެ ކުށަކީ ފައްޔާޒަށް ވޯޓު ލުންތޯވެސް ރާޝިދު ސުވާލުކުރެއްވިއެވެ.

މުއްޓޭ ތައްޓޭ ބެޑްރޫމް ސެޓޭ ޓީވީއޭ ކިޔާނެކަމެއް ނެތް!

– ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު

އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ޒަރިޔަންދު ތާޢީދުކުރައްވަނީ އިންތިއަށެވެ. ނަމަވެސް ރާޝިދު ތާޢީދު ކުރައްވާނީ މިނިސްޓަރ ފައްޔާޒަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށެވެ.

ނަމަވެސް ފައްޔާޟުގެ ޓީމުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއްވެސް ސާފުވާނެ އިންތިޚާބަކަށް ވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢަބަދުވެސްގޯސްވާނީރައްޔިތުމީހާ
ފ ފުވއްމުލަކުމީހާ
ވަގަގޮވާނީބޮޑުވަގުވޯޓުދޭނީފައްޔާޒަޕާޓީއަކީއަހަރެމެންގެވެސްހަގެއްނަޝީދުއާނަޝީދުއައްތާއީދުކުރާމީހުންނޭކިއާފަކާސަރުކާރުންފައިސާދޭއިރުގިނައެކޮއްނުދޭބޮލަކަޖެހޭވަރަދެނީމާގަދަބަދަވިހެދިގެންނޫޅޭނެކަމެނެއް
ވ ވާނުވާ
ޕްލީސްް ޔޫސްް ސްޕޭސް ކީ
ޙ ޙަނީފު
އިންތިި ފަހަތުގައިި މިރަަށުގައި އުޅެނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމ.ޑީ.ޕ އާ ދެކޮޅަށް ޅިޔަނު ހޮވަން އުޅުނު މީހުންނާއި، ދޮންބެ ހޮވަން އުޅުނުބަޔަކާއި ފެންމޯޓަރަކަށް ވޯޓްވިއްކާލި ބައެއް. އެހެންވީމަ އަދިތިޔަ ކިޔާއެއްޗެއް މިރަށުމީހަކަށް ނޭގޭނެ.
ސ ސާާދުނާ
ކަލޯތިއޮތީ ބޮކައްރަންދުނިޔެފެނިފަ