ޓީޗަރުންގެ މުސާރައާއިއެކު ޤުރްއާނާއިބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަވެސް ބޮޑުވާނެ: މިނިސްޓްރީ

ޓީޗަރުންގެ މުސާރައާއިއެކު ޤުރްއާނާއިބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަވެސް ބޮޑުވާނެ: މިނިސްޓްރީ

Author
މުޙައްމަދު ޝަޒައިމް
04 މެއި 2022 04:22
0

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންނަށް ”ދަޢުލަތުގެ ޕޭ ފްރޭމް ވަރކް”ގައި ކަނޑައަޅާފައިވާ މުސާރަ އެހެން ޓީޗަރުންނާއިއެކު ދިނުމަށް ކުރިންވެސް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި މިވަނީ ކީރިތި ޤުުރުއާނާބެހޭ ޤައުމީ މަރުކަޒުގެ މުވަޒަފުންގެ މުސާރަ ބޮޑު ނުވާކަމަށްބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންނަށް ”ދަޢުލަތުގެ ޕޭ ފްރޭމް ވަރކް”ގައި ކަނޑައަޅާފައިވާ މުސާރަދޭން ނިންމާފައިވާކަން ނޭޝަނަލް ޕޭކޮމިޝަނުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް 01 މެއިގައި ފޮނުއްވާފައިވާ އެ ކޮމިޝަންގެ ނަންބަރު 478-NPC/142/2022/1 ސިޓީން ވަނީ ދަންނަވާފައެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ދާއިިމީ ޓީޗަރުންގެ މުސާރަވެސް ”ދަޢުލަތުގެ ޕޭ ފްރޭމް ވަރކަށް” ބަދަލުކޮށްފައިވާތީ މުސާރައާއިގުޅޭ އެންމެހާ ކަންތައްތައް ސިވިލް ސާވިސް ކޮމިޝަނާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

01 މެއި 2022ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ސޯލިޙް ޓީޗަރުންގެ މުސާރަ ބޮޑުކުރުން އިޢުލާންކުރެއްވުމާ ގުޅިގެން ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރުވެސް ވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ކިޔަވައިދެއްވާ ދާއިމީ ޓީޗަރުންވެސް އައު ފްރޭމްވޯކްގައި ހިމެނިފައިވާކަމާއި އެ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަން ހާމަކުރައްވާފައެވެ.

އެހެންކަމުން މީޑިއާއިން މިފަދަ ޚަބަރުތައް ގެނެސްދެއްވާއިރު ޒިންމާދާރުކަމާއެކު ޚަބަރުފެތުރުއްވުމަަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.