މާލޭގައި ދެމީހަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚާމްކޮށްލައިފި

މާލޭގައި ދެމީހަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚާމްކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
02 މެއި 2022 09:40
0

މާލޭގައި ދެމީހަކަށް ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަޚާމް ކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިހާދިސާ ހިނގާފައިވަނީ ހެންވޭރު ގެއެއްގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވަޅިން ހަމަލާދިނުމުން އަނިޔާވި ދެމީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ވަޅިން ހަމަލާދިނުމުގެ ސަބަބުން އެމީހުންގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރިކަން އާންމު ވެފައިވާ ވީޑިއޯއިން ފެނެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.