މަޝްހޫރު އެޖެންޓް މިނޯ ރިއޯލާ މަރުވެއްޖެ

މަޝްހޫރު އެޖެންޓް މިނޯ ރިއޯލާ މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2022 10:50
0

މަޝްވޫރު ފުޓްބޯޅަ އެޖެންޓް އިޓަލީގެ ފުޓްބޯލަ ލެޖެންޑު މިނޯ ރަޔޯލާ މަރުވެއްޖެއެވެ.

އޭނާ މަރުވި ކަމަށް މިދިޔަ ބުދަދުވަހު ހަބަރު ފެތުރުނު ނަމަވެސްއެވާހަކަ ދޮގު ކުރިއެވެ. އެކަމަކު މިއަދު އޭނާ މަރު ވެފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އުމުރުން 54 އަހަރުގައި ރަޔޯލަ މަރުވީ ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުމަށްފަހުއެވެ.

ދުނިޔޭގެ ފެންވަރުގައިވެސް ނަން ވިދާލާފައިވާ ރަޔޯލާއަކީ ޕައުލް ޕޮގްބާ، އާލިން ހާލަންޑް، ޑިލައިޓް، ރޮބީނިއޯ، ބަލޮޓެއްލީ އަދި ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ރެޕްރެޒެންޓޭޓިވްއެވެ.

1980 ވަނަ އަހަރުން ފެށިގެން ފުޓްބޯޅައިގައި މަސައްކަތް ކުރަމުން އައި ރަޔޯލާ ވަނީ ބޮޑެތި ޑީލުތަކެއް ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެ ތެރެއިން 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑަށް ޕޮގްބާ އެނބުރި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ޓްރާންސްފަރ ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.