ތ. ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑު ނިންމާ ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށް އެ ދަނޑަށް ގެއްލުންދިނުމަކީ ލިބު ވަރަށް ބޮޑު ގެއްލުމެއްކަމަށް ސިފަކުރައްވާ، އެ މައްސަލަ އަވަހަށް ތަހުގީގްކޮށް ނިންމައިދިނުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށައަޅައިފިއެވެ. ތިމަރަފުށީ ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ހަލާކުކޮށްގެން، ދަނޑުތެރެއަށް ވަދެ، ޓާފުން ދެ ފޫޓުގެ ބޮޑު މިނުގެ 10 ވަރަކަށް ތަން ކޮނެގެން ނަގާފައިވާކަމށް އެރަށު ކައުންސިލުން ބުންޏެވެ.
އެކަމާއި ގުޅިގެން ޢަބްދުﷲ ރިޔާޒް ވިދާޅުވީ، ތިމަރަފުށީ ޓާރފް ދަނޑުއެޅިފަވަނީ ވަރަށް ދިގުއިންތިޒާރަކަށްފަހު ވަރަށް ގިނަބައެއްގެ މަސައްކަތުން އަދި ވަރަށް އުދަގުލުންކަމަށެވެ. މިއީ ރަށަށް ލިބުނު ބޮޑު ގެއްލުމެއްކަމަށާއި، މިކަންކުރި މީހަކު ނުވަތަ ބަޔަކު ހޯދާ ތަހުޤީޤު އަވަސްކޮށްދިނުމަށް ހޯމްމިނިސްޓަރ އަދި ޕޮލިސް ކަމިޝަނަރ އަށް ދަންނަވާފައިވާކަމަށެވެ.
ތިމަރަފުށީ ޓާރފް ދަނޑުއެޅިފަވަނީ ވަރަށް ދިގުއިންތިޒާރަކަށްފަހު ވަރަށް ގިނަބައެއްގެ މަސައްކަތުން އަދި ވަރަށް އުދަގުލުން. މިއީ ރަށަށް ލިބުނު ބޮޑު ގެއްލުމެއް. މިކަންކުރިމީހަކު ނުވަތަ ބަޔަކު ހޯދާ ތަހުޤީޤު އަވަސްކޮށްދިނުމަށް ހޯމްމިނިސްޓަރ އަދި ޕޮލިސް ކަމިޝަނަރ އަށް ދަންނަވައިފިން.
– ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް
ތިމަރަފުށީ ދަނޑަށް ގެއްލުންދިން މައްސަލާގައި އެރަށު ކައުންސިލުން ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން ހުރި ހިޔާލުތަފާތުވުންތަކަކާއި ދަނޑުގެ މަސައްކަތް ލަސްވެގެން ބަޔަކު އައި ރުޅީގައި ކޮށްފައިވާ ކަމަށް ބެލެވޭކަމަށެވެ. އެއީ ރަށު ކައުންސިލާ ދޭތެރޭ އޮތް ހިތްނުތަނަވަސްކަމުގެ ސަބަބުންނާއި ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާ ނުލާ ކަންކަންކުރާކަމަށް ދައްކަން ބަޔަކު ކުރި ކަމެއް ކަމަށްވެސް ކައުންސިލްގެ މެންބަރަކު ވިދާޅުވިއެވެ.
ތިމަރަފުށިގައި ތަރައްގީކުރި ދަނޑަކީ ޑޮމެސްޓިކް ބަޖެޓުން 236،952ރ. ހަރަދުކޮށްގެން ސަރުކާރުން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ތިމަރަފުށީ ދަނޑަށް ގެއްލުން ދިން މައްސަލަ ޔޫތު މިނިސްތަރ މިނިސްޓަރު އަހުމަދު މަހުލޫފްވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި އެފަދަ އަމަލުތަކުން ދެރަ ލިބެނީ ހަމަ ރައްޔިތުންނަށްކަމަށާއި، ކޮންމެ ސަބަބަކާހުރެ ވެސް އެފަދަ ފިނޑިއަމަލުތަކުން ދުރުވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.