ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އަމިއްލަ ސިޔާސީ މަސްލަހަތު އިސްކުރައްވާ ހާލަތްތަކަކީވެސް ޤައުމީ މަސްލަހަތަށް ވެފައިވާ ހާލަތަށް މިއަދު ވެފައިވާކަމާށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ އެންމެ ވަރުގަދަ އެއް ސްލޮޓްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގެ ސްލޮޓް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ދޫކޮށްލާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފުރިހަމަ ތާއީދާއި ރުހުމާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.
ހެލްތު މިނިސްޓްރީގެ ސްލޮޓަށް ވީ ގޮތާއިމެދު ސުވާލު އުފައްދަވައި އަލްހާން ވިދާޅުވީ ސިޔާސީ ވެރިންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންކަން ޤައުމީ މަސްލަހަތަށް ވާތަން މިއަދު ފެންނަމުންދާކަމަށެވެ. އަދިމިއީ މިއަދު އިއްތިފާގަކަށްވެސް ވެފައިވާ ކަމެއްކަމަަށެވެ. ރައްޔިތުންނަށްޓަކައި ޤައުމަށްޓަކައި ހެޔޮއެދިގެން މިފަދަ ކަންކަން ނިންމަވާއިރު މިބޭފުޅުންގެ ފަރާތްޕުޅުން ޤައުމަށް ކޮށްދެވެނީ ކޮންކަމެއްތޯ އަދި ފުއްދިފައިވަނީ ކޮން މިންވަރަކަށްތޯ އަލްހާން ވަނީ ސުވާލު އުފައްވަދަވާފައެވެ.
ރައީސް އިމްރާހިމް މުހައްމަދު ޞާލިހުގެ ގެ ވެރިކަމަކީ ސިޔާސީ ގޮތުން ތަޞައްރަފު ފުދޭ ތަޖްރިބާކާރު ވެރިކަމެއް! ސުވާލަކީ ރައްޔިތުންގެ އެދުން މިބޭފުޅުންނަށް ފުއްދަވައިދެއްވޭ މިންވަރަކީ ކޮބައިތޯ؟ އެ ބޭފުޅެއްގެ އެންމެ މަތީ ސިޔާސީ މަޞްލަޙަތު އިސްކުރައްވާ ހާލަތުވެސް ގައުމީ މަސްލަހަތަށް ވެދާނެ! އިއްތިފާގެއް!
– އަލްހާން ފަހުމީ ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރުގެ ސްލޮޑް އެމްޑީޕީއަށް ދީފައިވާ ގޮތް ސާފު ކޮށްދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ހެލްތު ދާއިރާއަކީ ވަރަށް އިސްކަން ދެއްވައިގެން ބަލަހައްޓަވާ ދާއިރާއެއްކަމަށެވެ. އެދައިރާގެ މިނިސްޓަރު މަޤާމުން އިސްތިއުފާ ދެއްވުމުން ޤާސިމް ނަންތަކެއްވެސް ފޮނުވިކަމަށާއި، ނަމަވެސް ނަންތަކަށް ބެލުމަށްފަހު އެދާއިރާ ދޫކޮށްލެއްވުމަށް ޤާސިމްގެ އަރިހުން އެދިވަޑައިގެންނެވިކަމަށެވެ. އަދި އެދި ވަޑައިގަތުމާއި އެއްގޮތަށް ޤާސިމް އިސްކުރެއްވީ ޤައުމީ މަސްލަހަތުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޖޭޕީގެ ސްލޮޓްގައި ހެލްތު މިނިސްޓަރުގެ މަޤާމު ފުރުއްވަމުންދިޔަ ޢަބްދުﷲ އަމީން އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެމަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ޖޭޕީން ހުށަހެޅި ތިން ނަންވެސް ޤަބޫލުނުކޮށް ރައީސް ވަނީ އެމަޤާމު އެމްޑީޕީގެެ ބޭފުޅަކަށް ދެއްވާފައެވެ.
ޖުމްހޫރީ ޕާޓީން ހެލްތު މިނިސްޓަރަކަށް ހުށަހެޅި ތިން ބޭފުޅުން:
1. އާދަމް އާޒިމް / އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ
2. ޝާހު މާހިރު / ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
3. ހުސެއިން ރަޝީދު / ކުރީގެ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް
މިބޭފުޅުންގެ ތެރެއިން ހެލްތު މިނިސްޓަރަކަށް އައްޔަން ކުރާނެކަމަށް ޖޭޕީގެ ގިނަ ބޭފުޅުންގެ އަދި ގިނަބަޔަކުވެސް ދެކެމުންދިޔައީ މިހާރުގެ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަ އާދަމް އާޒިމެވެ. ނަމަވެސް ފަހު ވަގުތު މިނަންތައް ބަލައި ނުގަނެ އެމްޑީޕީގެ ބޭފުޅަކަށް މި މަޤާމު ދިން ސަބަބެއް ޖޭޕީއަށްވެސް އަންގާފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ