ހުޅުމާލޭ 70 ޕާކިން ޒޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ހުޅުމާލޭ 70 ޕާކިން ޒޯނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
25 އޭޕްރިލް 2022 02:13
0

ހުޅުމާލޭގައި ޕާކްކުރުމަށް 70 ޕާކިން ޒޯނަށް ކުރިމަތިލުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލައިފިއެވެ. ޕާކިން ސްލޮޓް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ.

އެޗްޑީސީން ބުނީ 70 ސްލޮޓް ދޫކުރުމަށް ނިންމާފައިވާކަމަށާއި، ތިން މަސް ދުވަހަށް ސްލޮޓްތައް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށްކަމަށެވެ. ބީލަން ފެށޭނެ އަގުކަމަށް ކަނޑައަޅާފައިވަނީ 1500 ރުފިޔާއެވެ.

އެޗްޑީސީން ބުނީ ސްލޮޓްތައް ލިބޭ ފަރާތްތަކަށް އެ ކުންފުނިން ގާއިމުކުރާ ސްމާޓް ޕާކިން ސަރަހައްދުން ވެސް ޖާގަ ދިނުމުގައި އިސްކަންދޭނެ ކަމަށެވެ. އަދި އުޅަނދު ޕާކް ކުރުމަށް ސްލޮޓް ކުއްޔަށް ދޫކުރަނީ ހުޅުމާލޭގައި ފަސޭހަ ކަމާއިއެކު ކާރު ޕާކު ކުރުމަށް މަގުފަހި ކުރުމަށްވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގައި ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް އެޗްޑީސީން ވަނީ ޕާކިން ބިލްޑިންގއެއް އެޅުމަށް ދަމާސް އާއި ހަވާލުކޮށްފައެވެ. އެޗްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގިނަ އަސާސީ ޚިދުމަތްތަކެއް ފަށަމުންނެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.