ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށް 5 އަހަރު ވެގެންދާއިރުވެސް އިންސާފު ލިބިފައި ނުވާތީ، މަރު ތަހުގީގު ކުރި ރިޕޯޓު ހާމަކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޔާމީން ރަޝީދު މަރާލިތާ އިއްޔެއަށް ފަސް އަހަރު ވެފައިވާއިރު، އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޔާމީނަށް އިންސާފު ހޯދުމަށް އެ އިދާރާއިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ޓްރާންސްޕެރެންސީން އިން ވަނީ ޔާމީން މަރާލުމަށް ފަންޑު ކުރި ފަރާތްތައް ހާމަކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލައިފައެވެ.
As we mark 5 years to the murder of human rights activist and blogger Yameen Rasheed, we continue to demand justice and reiterate the calls to conduct a thorough investigation to reveal, prosecute, and bring to justice those who financed Yameen's murder.
1/3 pic.twitter.com/SEHfXMM2Mp
— Transparency MV (@TransparencyMV) April 23, 2022
ޔާމީން ރަޝީދު މަރައިލީ އޭނާގެ ރަހުމަތްތެރިޔާ އަދި ނޫސްވެރިޔާ ރިލްވާން ވަގަށް ނަގައި، ގެއްލުވާލާފައިވާ މައްސަލައިގައި އިންސާފު ހޯދުމަށް ވާހަކަ ދައްކަމުން ގެންދަނިކޮށް އޭޕްރީލް 23، 2017 ގައެވެ. ރިލްވާން ވެސް މަރާލާފައިވާ ކަމަށް ތަހުގީގީ އިދާރާތަކުން ފަހުން ހާމަކޮށްފައިވެއެވެ. ޔާމީން މަރައިލީ، އޭނާ ވަރަށް ލަސްވަންދެން އޮފީހުގައި މަސައްކަތް ކުރުމަށްފަހު ގެއަށް ގޮސް، ލިފްޓުން އަރަން އުޅެނިކޮށް ގޭ ތެރޭގައެވެ. ޔާމީންގެ ހަށިގަނޑު ފެނުނީ އެ ގޭގައި ދިރިއުޅެމުންދިޔަ މީހަކަށެވެ. ޔާމީން ރަޝީދު މަރައިލީ، ދުރާލާ ރާވައި، އޭނާއަށް އެކި ދުވަހުގެ މަތިން ފާރަލުމަށް ފަހުއެވެ.
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެމީހެއްގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމިއިރު ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.