ހުޅުމާލޭ ބޮޑުމިސްކިތުގެ ފާޚާނަބަރީގެ ކުރެހުންތައް ޝުޖާ ހިއްސާކޮށްފި، ވަރަށް ހިތްގައިމު!

ހުޅުމާލޭ ބޮޑުމިސްކިތުގެ ފާޚާނަބަރީގެ ކުރެހުންތައް ޝުޖާ ހިއްސާކޮށްފި، ވަރަށް ހިތްގައިމު!

ހުޅުމާލޭ ބޮޑުމިސްކިތުގެ ފާޚާނަބަރިއާއި، ވުޟޫކުރާ ސަރަހައްދުގެ ކުރެހުންތައް ހުުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާ ހިއްސާކޮށްފިއެވެ.

ހުޅުމާލޭ ބޮޑު މިސްކިތަކީ، ހުޅުމާލޭގެ އެންމެ ގިނަ ބަޔަކު ނަމާދު ކުރުމަށް ބޭނުން ކުރާ މިސްކިތެވެ މިސްކިތުގެ މަރާމާތުގެ މައްސަލައަކީ ޝުޖާ ކައުންސިލަރު ކަމާއިހަވާލު ވުމުގެ ކުރިންވެސް ރައްޔިތުން އެންމެ ބޮޑަށް ކުރަމުންދިޔަ ޝަކުވާއެވެ. މިކަމަށް ހައްލު ގެނެސް ދެއްވާނެކަމަށް ޝުޖާ ދިޔައީ ބުނަމުންނެވެ.

ހުޅުމާލޭގެ ކައުންސިލަރު ކަމާއި ޝުޖާ ހަވާލުވި ފަހުން ގެންދަވަނީ ހުޅުމާލޭގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ގެނެސްދެއްވަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި، މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ރައްޔިތުން އެދޭގޮތަކަށް ކުރުމަށެވެ.

ހުޅުމާލޭ ބޮޑު މިސްކިތް(ގުއްބު މިސްކިތް)ގެ މަރާމާތުގެ ބޮޑު ބައި މިހާރުވަނީ ނިންމާލާފައެވެ. ނަމަވެސް މި މަރާމާތުގެ ތެރޭގައި މިސްކިތުގެ ފާޚާނާތަކާއި ވުޟޫކުރާ އިސްކުރު ބަރި ހިމެނޭ ސަރަހައްދު ހިމެނިފައި ނުވެއެވެ. ސަބަބަކީ މާލެ ސިޓީ ކައުންސިލުން މިމިސްކިތުގެ ވުޟޫކުރާ އިސްކުރު ބަރިއާއި ފާޚާނާތައް ހިމެނޭ ސަރަހައްދު މިސްކިތުން ބޭރައްލުމަށް ނިންމާފައިވާތީ އާއި، މިސްކިތުގެ ބޭރުގައި އައު ފާޚާނާ ބަރި އާއި ވުޟޫކުރާ އިސްކުރު ބަރި ހެދުމުން މިސަރަހައްދު ވެގެންދާނީ މިސްކިތުގެ ބަޔަކަށްކަމަށް ވާތީއެވެ.

މިއީ މިސްކިތުގެ އަހުލުވެރިންނާއި ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑުގާތު އެދުނު ގޮތް. ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރި ބޭރަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ މަސައްކަތްތައް ނިމުމާއެކު ފެށިގެންދާނެ.

– ޝުޖާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ބޭނުންކުރެވޭ ފާޚާނާތައް ވަރަށް ބޮޑަށް ހަލާކުވެ ހުރުމާއި، ފާޚާނާތަކުގެ ލައިޓްތައް ނުދިއްލިހުރުމުގެ ޝަކުވާ ލިބުމާއެކު މިކަން މޭޔަރ މޭޔަރު މުއިއްޒުގެ ސަމާލުކަމަށް ގެނެސް މިއަދު ސިޓީކައުންސިލުން ވާނީ އެކަން ހައްލުކޮށްދީފައި ކަމާށް ކައުންސިލަރު ޝުޖާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *