ހުޅުމާލޭ ބޮޑު މިސްކިތު ފާޚާނަބަރީގައި ހުރި މައްސަލަތައް ހައްލުކޮށްދީފި

ހުޅުމާލޭ ބޮޑު މިސްކިތު ފާޚާނަބަރީގައި ހުރި މައްސަލަތައް ހައްލުކޮށްދީފި

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2022 09:25
0

ހުޅުމާލޭ ބޮޑު މިސްކިތް (ގުއްބު މިސްކިތް)ގެ ފާޚާނަބަރީގައި ހުރި މައްސަލަތައް ކައުންސިލަރު ޝުޖާގެ ބެލުމުގެ ދަށުން މިއަދު ކޮށްދެއްވައިފިއެވެ.

ހުޅުމާލޭގެ ކައުންސިލަރު ކަމާއި ޝުޖާ ހަވާލުވި ފަހުން ގެންދަވަނީ ހުޅުމާލޭގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކަށް ހައްލު ގެނެސްދެއްވަމުންނެވެ. މިމަސައްކަތުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި، މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ރައްޔިތުން އެދޭގޮތަކަށް ކުރުމަށެވެ.

މިގޮތުން ހުޅުމާލޭ ބޮޑު މިސްކިތަށް ބޮޑެތި މަރާމާތުތައް ގެންނަންޖެހޭތީ ސިޓީ ކައުންސިލާއި، ގުޅިގެން ޝުޖާވަނީ މަސައްކަތް ފަށާފައެވެ. މިމަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިންމާލާފައެވެ.

މަރާމާތުގެ ތެރޭގައި މިހާރު ބޭނުންކުރެވޭ ފާޚާނާތައް ވަރަށް ބޮޑަށް ހަލާކުވެ ހުރުމާއި، ފާޚާނާތަކުގެ ލައިޓްތައް ނުދިއްލިހުރުމުގެ ޝަކުވާ ލިބުމާއެކު މިކަން މޭޔަރ މޭޔަރު މުއިއްޒުގެ ސަމާލުކަމަށް ގެނެސް މިއަދުން މިއަދަށް މާލެ ސިޓީ ކައުންސިލުން ވަނީ މިކަން ހައްލުކޮށް ދީފައެވެ. މަސައްކަތް ހިނގަމުންދިޔަ އިރު ޝުޖާ ގެންދެވީ މަސައްކަތް ރަނގަޅަށް އޮބްޒާވު ކުރައްވާފައެވެ.

ހުޅުމާލޭގެ ބޮޑު މިސްކިތުގެ ފާޚާނަ ބަރިއާއި، ވުޟޫކުރާ ސަރަހައްދަކީ މިހާރު ހުރި ގޮތުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ ގޮތަކަށް ހުރި ތަނަކަށް ވުމުން، މިތަނަށް ބަދަލު ގެނައުމަށް ޝުޖާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.