އިނގިރޭސި އެފްއޭގެ ޗެއާމަން އިސްތިއުފާދީފި

އިނގިރޭސި އެފްއޭގެ ޗެއާމަން އިސްތިއުފާދީފި

Author
އިބްރާހީމް ސާޢިދު
11 ނޮވެމްބަރ 2020 10:15
0

އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ޗެއާމަން ގްރެގް ކްލާކް މަގާމުން އިސްތިއުފާ ދީފިއެވެ.

އިސްތިއުފާ ދިނުމަށްފަހު ކްލާކް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓުބޯޅައަށް ލޯބިކުރާ އަދި އެތައް ދުވަސްތަކެއް ވަންދެން ފުޓުބޯޅައަށް ހިދުމަތް ކުރެވުން މީހެއްގެ ހައިސިއްޔަތުން މިއަދު އެންމެ އިސްކުރާނީ މިވަގުތަށް ފުޓުބޯޅައަށް ފައިދާހުރި ގޮތް ކަމަށެވެ.

އޭނާ މަގާމުން އިސްތިއުފާ ދިނީ ކޯވިޑްގެ ހާލަތުގައި ކުޅިވަރުގެ ކަންތައްތައް ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ދިނުމަށާއި ޕްރޮޖެކްޓް "ބިގް ޕިކްޗަރ" އާއި ބެހޭގޮތުން ސުވާލުކުރުމަށް އިނގިރޭސި ޕާލިމަންޓުގެ ޑިޖިޓަލް، ކަލްޗަރ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ކޮމިޓީއަށް ހާޒިރުކުރުމުން ދެއްކި ވާހަކަ ތަކުގެ ތެރޭގައި ނަސްލީ ތަފާތުކުރުމަށް ބާރުދޭ ފަދަ ބަސްތަކެއް ބޭނުންކުރުމާއި، އަންހެން ކުޅުންތެރިންނަށް ނިކަމެތިކަން ލިބޭފަދަ ގޮތަކަށް އޭނާގެ ވާހަކަތައް ހުރުމުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

އިނގިރޭސި އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލާކް މަގާމުން އިސްތިއުފާ ދީފިކަމަށާއި އެހެންކަމުން ވަގުތީ ޗެއަރމަނެއްގެ ގޮތުގައި ކުޅިވަރު ވަކީލު ޕީޓަރ މެކް ކޯމިކް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދާއިމީ ޗެއަރމަންއެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.