ސްޓެލްކޯގެ ޚަރަދުގައި 4 މުވައްޒިފަކު ހައްޖާއި، އުމުރާއަށް

ސްޓެލްކޯގެ ޚަރަދުގައި 4 މުވައްޒިފަކު ހައްޖާއި، އުމުރާއަށް

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2022 12:50
0

ސްޓެލްކޯގެ ފަރާތުން ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށާއި، އުމުރާގެ އަޅުކަން އަދާކުރުމަށްދާ 4 މުވައްޒިފުން ގުރުއަތުން ކަނޑައަޅައިފިއެވެ.

ސްޓެލްކޯގެ ފަރާތުން ރޭ ބޭއްވި ފަރާވީހުގައި މެދުކެނޑުމަކަށްފަހު އަލުން ރޭ ފަށާފައިވާ، މުވައްޒަފުންނަށް ދެމުންގެންދާ ހައްޖާއި، އުމްރާގެ މަތިވެރި އަޅުކަމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަސީބުވެރިންވެސް ހޮވާފައެވެ. އެގޮތުން ގުރުއަތުނަގައިގެން ހައްޖުގެ އަޅުކަމުގެ ފުރުސަތު އަންހެން އަދި ފިރިހެން މުވައްޒަފަކަށާއި، އުމްރާގެ ފުރުސަތުވެސް އަންހެން އަދި ފިރިހެން މުވައްޒަފަކަށް ވަނީ ލިބިގެން ގޮސްފައެވެ.

ރަމަޟާން މަސް އިހްޔާ ކުރުމަށާއި، ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ހޯމަ ދުވަހުގެރޭ ބޭއްވި ތަރާވީހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް އަގުހުރި ދީނީ ނަސޭހަތްކޮޅެއް ދެއްވާފައެެވެ.

ސްޓެލްކޯއިން މީގެ ކުރިންވެސް ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށާއި، އުމުރާގެ އަޅުކަން އަދާކުރުމަށް މުވައްޒިފުން ފޮނުވަފައިވެއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން މެދު ކަނޑާލުމށްފަހު މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށާއި، އުމުރާގެ އަޅުކަން އަދާކުރުމަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.