މޯލްޑިވިއަންގެ ބޯޓެއް އެމަޖެންސީގައި ވީއަައިއޭއަށް ޖައްސައިފި

މޯލްޑިވިއަންގެ ބޯޓެއް އެމަޖެންސީގައި ވީއަައިއޭއަށް ޖައްސައިފި

Author
މުޙައްމަދު ޝަޒައިމް
10 އޭޕްރިލް 2022 09:29
0

މޯލްޑިވިއަންގެ ފްލައިޓެއް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއަައިއޭ) އަށް ޖައްސައިފިއެވެ.

އެމްއެސްސީއެލްއިން ބުނެފައިވަނީ އެމަޖެންސީގައި ވީއައިއޭ އެއާޕޯޓަށް ޖެއްސީ ކައްދޫއަށް ޖައްސަން އުޅުމުގެ ތެރޭ ދިމާވި ޓެކްނިކަލް މައްސަލަައަކާއި ގުޅިގެން ކަމަށެވެ. އެމައްސަލައިގެ ތަފްސީލެއް އަދި ނުލިބެއެވެ.

އަދި ފްލައިޓު މިހާރު ވަނީ ރައްކާތެރިކަމާއިއެކު ލޭންޑު ކޮށްފައި ކަމަށާއި، އެއްވެސް މީހަކަށް ގެއްލުން ނުވާކަން އެމްއޭސީއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. މައުލޫމާތު ލިބޭގޮތުން ކޫއްޑޫއިން ކައްދުއަށް ދަތުރުކޮށް، ކައްދުއަށް ލޭންޑްކުރަން އުޅުނުއިރު ލޭންޑިން ގިއަރުގައި މައްސަލައެއް އުޅޭކަން ފާހަގަވެގެން އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީއެވެ.

ފްލައިޓުގައި ތިބި ފަސިންޖަރުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ސޭފް ލޭންޑިން އެއް ކުރެވިފައިވާކަން އެމްއޭސީއެލްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.