އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުގެ މަޤާމުން އަލީ އާޒިމް ވަކިކޮށްފައިވަނީ ވައްކަމާއި، ތަފާތުކުރުމާއި، ބޭއިންސާފަށް ދެވިހިފާފައި ވުމުންކަމުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރު އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި މިނިސްޓަރ ފައްޔާޟަށް އަމާޒުކޮށް އާޒިމް ކުރާ ތުހުތަތުތަކާއިި ގުޅިގެންނެވެ. އާޒިމްގެ ފާޑުކިޔުން އަމާޒުވީ އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން އުފެއްދި، އެސްއެމްއީ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމުންނެވެ.
ނަމަވެސް މިލޯނަކީ އިންތިޚާބުގެ މާކުރިންވެސް އާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް މިސަރުކާރުން ދޫކޮށްފައިވާ ލޯނެކެވެ. އާޒިމް ވިދާޅުވީ މިކަންވެސް ހުންގާލަމުންދަނީ ވައްކަމާއި އެކުގައިކަމަށެވެ. އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝިފާއު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އާޒިމް ޕީޖީ ގްރޫޕްގެ ލީޑަރުގެ މަޤާމުން ދުރުކުރީ އިންތިހާއަށް ތަފާތުކުރުން ގެންގުޅެ ވައްކަމުގެ ތުހުމަތުތައް ގިނަ ވުމުންކަމަށެވެ.
އަމުދުން މިސަރުކާރުން އެންމެ ބޮޑަށް ބަލަން ބޭނުންވި އެމްއެމްޕީއާރުސީގެ ލިސްޓުގައި ނަންއޮވެ އެޚިޔާނާތުގައި ދިޔާކޮށް ހުރި ބައި އުފުލުމުގެ މަސްއޫލިއްޔަތު އަދާކުރުމުންކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާރުގެ ފައިސާއާއި އެވައްކަމުގެ މައްސަލަ ނުބަލާ ވާހައަކީ އިންތިގެ ޓީމުން އެނެމް އަޑަށް ބާރުލާފައި ދައްކާ އެއްވާހަކައެވެ.
އެމްޑީޕީ މެމްބަރުން މަނިކުފާނު ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ކަމުން ދުރުކުރީ މަނިކުފާނުގެ ވައްކަމާއި ތަފާތު ކުރުންތަކާއި، ބޭއިންސާފަށް ދެވިހިފާފަ ހުރީމަ. އަމުދުން އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ދިޔާކޮށް ހުރި ބައި އުފުލަން ފަރިތަވެފައިވީމަ. އެކަމުގެ ވަރު މިނިސްޓަރ ފައްޔާޟަށް ނުބާލާ.
– ޝިފާއު ވިދާޅުވިއެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު އިންތިޚާބު އޮންނައިރު، އެމްޑީޕީގެ ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންނެވެ. ޚާއްސަކޮށް ވަގަށް ގޮވުމާއި، ޚިޔާނާތާއި، ބޭއިންސާފާއި ނުފޫޒުގެ ވާހަކަ ދަނީ އިންތިހާއަށް ދައްކަމުންނެވެ. މިއީ މީގެ ކުރިން އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރި ކަންކަމެވެ. ނަމަވެސް މިއަދު އެމްޑީޕީ ތެރޭގައި މިކަންކަން މާބޮޑަށް އޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ