16 އަހަރު ޚަރަދުކުރި ގޮތް ހާމަކޮށްދީ، އޭރުން ޕާޓީން ވައްކަންކުރި މީހުން ސާފުވާނެ: މޫސަ

16 އަހަރު ޚަރަދުކުރި ގޮތް ހާމަކޮށްދީ، އޭރުން ޕާޓީން ވައްކަންކުރި މީހުން ސާފުވާނެ: މޫސަ

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2022 01:37
0

އެމްޑީޕީގެ ފާއިތުވެދިޔަ 16 ވަރަކަށް އަހަރު، ޚަރަދު ކުރެވިފައިވާ ގޮތުގެ ތަފްސީލް ހާމަކޮށްދީފިނަމަ، އެމްޑީޕީގެ ތެރޭގައި ވައްކަން ކުރި މީހުންނާއި، ސާފު ތޯހިރު ނަޒާހަތްތެރި މީހުން ސާފުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ކުރިމަތިލުމެއް ފެނިގެންދާއިރު މިއިންތިޚާބުގައި ރައީސް ނަޝީދުގެ ތާއީދާއިއެެކު ނިކުންނަވާފައިވާ އިމްތިޔާޒު ފަހުމީއަށް އޮތް އެންމެ ބޮޑު ގޮންޖެހުނަކީ ނިމިދިޔަ 16 ވަރަކަށް އަހަރު އެމްޑީޕީގެ ހިންގުމުގައި ތިބެ އަތޮޅު ތެރޭގައި އެމްޑީޕީގެ ހަރަކާތްތައް ހިންގިފައި ނެތުމެވެ.

މިކަންކަމާއި ގުޅިގެން އަދި ޚާއްސަކޮށް މިއިންތިޚާބުގައި ވައްކަމާއި، ކޮރަޕްޝަނާއި ގުޅުވައިގެން ދެކެވޭ ވާހަތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ފާއިތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައި ޕާޓީއަށް ލިބުނު ފައިސާއިން ހޭދަކޮށްފައިވާ ގޮތް މިއިންތިޚާބުގެ ކުރިން ހާމަކޮށްދީފިނަމަ އެމްޑީޕީގައި ވައްކަން ކުރި މީހުން ހާމަވާނެކަމަށެވެ. އަދި އޭރުން ނަޒާހާތްތެރި، ސާފު ތާހިރު މީހުންނަކީވެސް ކޮބައިކަން ހާމަވާނެކަމަށެވެ.

އެމްޑީޕީ އުފެދުނީއްސުރެ ފާއިތުވި 16 ވަރަކަށް އަހަރު ޕާޓީއަށް ލިބުނުފައސާ ހޭދަކުރިގޮތަކާ، ޕާޓީގެ ޚިދުމަތްތެރިން ޕާޓީންނެރެ ބޭރުކޮށްލި ގޮތެއް މިއިންތިޚާބުގެ ކުރިން ހާމަކޮށްބަލަ. ނަޒާހާތް ތެރިކަމާ ސާފު ތޯހިރުމީހުނާ ޕާޓީން ވައްކަން ކުރިމީހުން ނިކަން ރީތިކޮށްފެންނާނެ.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެމްޑީޕީން ފާއިތުވެދިޔަ މާޒީގައި ކަންކަން ކޮށްފައިވަނީ ވަރަށް ޚުދުމުހުތާރު ގޮތަކަށް ކަމުގައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިތް ނުރުހޭ ކޮންމެ މީހަކު ފިޔަވަޅު އަޅާ ކޮމެޓީއަށް ހާޒިރުކޮށް، އެމީހަކު އެމްޑީޕީން ވަކިކޮށް، ދުރުކުރީ މިއިންތިޚާބުގައި ވާދަކުރާ އިންތި އިސްކޮށް އިންނަވަިއގެންކަމަށެވެ. މޫސަ ވިދާޅުވީ އިންތިއަކީ ނަޝިދު ގެންގުޅުއްވާ އިސްތަފާ ކަމުގައެވެ.

ނަޒާހަތްތެރި ސާފު މީހަކަށްމީހާ ވަނީ ފިޔަވަޅުއަޅާ ކޮމެޓީގަ އިނދެގެން ނަޝީދު ބުނިހާ މީހަކު އެކި ތުހުމަތު ބޮލުގަ އަޅުވާ އަދަބުދީފަ ޕާޓީން ބޭރު ކުރީމަތޯ؟ އިންތި އަމިއްލައަށް ވިޕްލައިނާޚިލާފް ވަމުންދާއިރު އެއީ ތެދުވެރިވުންތޯ ނަޝީދު ގެންގުޅޭ އިސްތަފާ މީ.

– މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ވެރިކަމުގައި އޮވެ އެމްޑީޕީގެ އާންމު މެމްބަރުންނަށް އަޅާނުލާ މައްސަލައެވެ. އަދި ވަކިން ޚާއްސަކޮށް، ޕާޓީގެ ހިންގުން އެންމެ ރަނގަޅަށް ނުހިންގި ޕާޓީގެ ފައިސާއަށް ޚަރަދު ކުރާ ގޮތުގެ ތަފްސީލް ނޭގޭކަމުގެ ކަންބޮޑުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތިނޯސް
އެމްޑީޕީ އަކީ ރާއްޖޭގަ އުފެދުނު ބްރޭންޑެޑް 2 ޕާޓީއިން އެކަތި. ޕާޓީގެ ރޫހާނީ ލީޑަރަކީ ވ. މުހިންމު މީހެއް. ޙަގީގަތުގައި ޕާޓީގެ އޮރިޖިނަލިޓީ ހިފަހައްޓަން ރަހަހެޔޮވަރު ކުރާ މީހަކީ އެއީ. ރ.ނަސީދަކީ މިރާއްޖޭގައި މައުމޫނާއި ޔާމިން ފިޔަވާ ދެންހުރި އެންމެ ނުފޫޒުގަދަ ލީޑަރ. މިހުރިހާ ޕާޓީތަކުގެ ލިކުއިޑް ފްލޯ ހިފެހެއްޓި މެމްބަރުން އިތުރުވެ ދާމަންޒަރު ވަރަށްރީތި. މިއިންކޮންމެ ޕާޓީއެއްގަ އަޅާ އަންހެން ފުޅައެއް އުޅޭ. ޑީއާރުޕީ އިން އުފެއްދި ވައިރަހެއް ނަމަވެސް ފައިސާއާއި އެހެނިހެން ގަދަ ތޫފާނުތަކުގަ ޖެހި މިއުޓޭޓް ވަމުން މިވައިރަހުގެ ބާރާއި ނުފޫޒު މިހާރު އެތައް ގުނަ ވަރުގަދަ. މިހާރު އަސްލު އެމްޑީޕީ އަށްވެސް އެޕާޓީގެ ބްރޭންޑް އޮވްން މައިކްރޯބްސް ވެސް ވަކިނުވާ ހިސާބަށް މީނަގެ ނުފޫޒާހުރެ މިދަނީ. ގައިމު ވާނެ މޮޅެއްނެތް. 2023 އެމްޑީޕީ އެއް ވެރިކަމަށް ނާންނާނެ. ޢެއީ ކަށަވަރު ވާ ކަމެއް
އ އިއްބެ
ސަރުކާރުވައްޓާލިދހުވަހު މޫސައަށްކުރެވުނީކޮންކަމެއް އެތަނައްޕާޓީމީހަކުވެސްނުގެނެވުނު ދެންދުވުނީ ވަޔަށް ދުވެޕީޕީއެމަށްވަދެ ވައިއަޅުވައިގެން ރިސޯޓްހަދާނެރަށްއްހޯދީ ދެންމިހާރުޕާޓީއަށްވަންނާށޭބުނުމުން އެކަމެއްނުކުރިމިހާރުތިޔަގޮތަށް ތިޔަހަޅޭލަވަނީ ހަމައެކަނިޕާޓީ އެމް ޑީޕީ ހަލާކުކޮށްލުމުގެމަޤްސަދުގައި