މެލޭޝިޔާއަށް ކަނޑައެޅި ސަފީރު ވިސާމް މަޤާމުން އިސްތިއުފާ ދީފި

މެލޭޝިޔާއަށް ކަނޑައެޅި ސަފީރު ވިސާމް މަޤާމުން އިސްތިއުފާ ދީފި

Author
މުޙައްމަދު ޝަޒައިމް
05 އޭޕްރިލް 2022 11:07
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ވިސާމް ޢަލީ މަޤާމުން އިސްތޮއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ވިސާމް އިސްތިއުފާ ދެއްވައިފަނީ ޖެނުއަރީ މަހު ޗުއްޓީ ނެގި ގޮތަށް އޮފީހަށް ނުނިކުންނަވާތާ ތިން މަސްފަހުންނެވެ. ޖެނުއަރީ މަހު ނެގި ޗުއްޓީއަށްފަހު ވިސާމް އެމްބަސީއަށް ވަޒީފާއަށް ނިކުންނަވާފައި ނުވެއެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިއުފާ ދީފައިވަނީ ކޮން ސަަބަބަކާއި ހެދިކަމެއް ސާފެއް ނުވެއެވެ.

ވިސާމް އަލީ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެކަމަނާއަކީ ޑީ.އާރު.ޕީގެ ލީޑަރު އަދި މިހާރު ވެރިކަން ކުރާ އެމްޑީޕީގެ މެންބަރު އަޙްމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.

ވިސާމް އަލީ ސަފީރުކަމަށް އައްޔަންކުރެއްކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.