ރަމަޟާން މަހުގެ ފިރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަމުން ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަލައިގަންނަމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮން ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ކަމަށެވެ. މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.
ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
އުރީދު އާއި ދިރާގު އަދި މޯލްޑިވްްސް އިސްލާމިކް ބޭންކް އަދި ފަހިޕޭ އެޕްލިކޭޝަންތަކުން ޒަކާތް ދެއްކޭނެ އެވެ. އޭގެ އިތުރުން ބެންކު އޮފް މޯލްޑިވްސް އާއި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ފިތުރު ޒަކާތުގެ ނިސާބު:
– އާދައިގެ ހަނޑޫ: 12ރ.
– ތައިލެންޑު ހުދު ހަނޑޫ: 77ރ.
– ރަތް ހަނޑޫ: 72ރ.
– އާދައިގެ ބާސްމަތީ ހަނޑޫ: 77ރ.
– މޮޅު ބަސްމަތީ ހަނޑޫ: 90ރ.
– އެންމެ މޮޅު ބާސްމަތީ: 132ރ.
– އާދައިގެ ފުށް: 12ރ.
– އާޓާ ފުށް: 75ރ.
ފިތުރު ޒަކާތް ގޮވާމުން ބަލައިގަންނާނީ ރޯދަމަހުގެ ފަހު ދިހައިން ފެށިގެންނެވެ. ހަމައެއާއެކު، މި އަހަރު ފިތުރު ޒަކާތް ހުރިހާ ރަށަކުން ވެސް ނަގަން ހަމަޖެހިފައި ވަނީ އެއް ރޭޓަކުންނެވެ.
އެހެން އަހަރުތަކާއި ކުޑަކޮށް ތަފާތުކޮށް، މިފަހަރު ފިތުރު ޒަކާތް ދައްކާ މީހާއަށް އެމީހަކު ބޭނުންވާ ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުތަކެއް ރާވަމުންދާ ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު ހާމަކުރައްވާފައިވެ އެވެ. ނަމަވެސް، އަދި އެ އިންތިޒާމުތަކާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ފިތުރު ޒަކާތް ހައްގުވާ ފަގީރުންގެ ދަފްތަރުގައި 9،041 މީހުން ރެޖިސްޓްރީ ކޮށްފައިވެއެވެ.