ތަރުހީބު ކުޑަވެގެން ހަފްތާއެއް ނުވަނީސް މޯލްޑިވިއަން-ލަންކާ ދަތުރުތައް ހުއްޓަލައިފި

ތަރުހީބު ކުޑަވެގެން ހަފްތާއެއް ނުވަނީސް މޯލްޑިވިއަން-ލަންކާ ދަތުރުތައް ހުއްޓަލައިފި

ގުޅުންހުރި

ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މޯލްޑިވިއަންއިން ފެށިތާ ހަފްތާއެއ ނުވަނީސް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަންގެ އޮފިޝަލެއް ވިދާޅުވީ ދަތުރުތައް މެދުކަނޑާލީ ތަރުހީބު  ކުޑަވެ ބުކިން ހައްދާ ޢަދަދު މަދުވުމުންކަމަށެވެ. ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މޯލްޑިވިއަންއިން ދަތުރު ފެށީ މިމަހުގެ 27ގައެވެ. އޭގެ ފަހުން 4 ފްލައިތެއް ޝެޑިއުލް ކުރުމަށްފަހު ތަރުހީބު ކުޑަވެގެން ވަނީ ކެންސަލްކޮށްފައެވެ.

މޯލްޑިވިއަނުން ބުނީ ދަތުރުތައް ފެށި ރަސްމިއްޔާތުގައިވެސް ތަރުހީބަށް ބަލައި މެދުކަނޑާލަން ޖެހިދާނެ ވާހަކަ ބުނެފައިވާނެކަމަށެވެ. އަދި މިއީ ކުރިން ލަފާކޮށް ތައްޔާރުވެފައިވާ ހާލަތެއްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މޯލްޑިވިއަނުން ދެން ލަންކާއަށް ދަތުރުތައް ފަށާނީ މެއި މަހުއެވެ.

ކޮޅަނބުގެ ބަންޑާރަނައިކަ އެއާޕޯޓާއި އަޅާ ބަލާއިރު މި އެއާޕޯޓަކީ ލަންކާގައި ދިވެހިން އުޅޭ ސަރަހައްދާ ކައިރީގައި އޮންނަ އެއާޕޯޓެކެވެ. އެހެންކަމުން ބަނޑާރަނައިކްއަށް ކުރާ ދަތުރަށް ވުރެ މި އެއާޕޯޓަށް ކުރާ ދަތުރު އަވަސްވާނެއެވެ. މޯލްޑިވިއަންގެ ދަތުރުތަކާއެކު މިއީ 50 އަހަރު ފަހުން މި އެއާޕޯޓަށް ފެށި ބައިނަލްއަޤްވާމީ ފުރަތަމަ ޝެޑިއުލް ދަތުރެވެ.

ރަތުމަލާނަ އެއާޕޯޓު ހުޅުވާފައިވަނީ 1938 ވަނަ އަހަރުއެވެ. ނަމަވެސް 1968 ވަނަ އަހަރު ބަންޑާރަނައިކަ އެއާޕޯޓު ހުޅުވުމާއެކު އެ އެއަރޕޯޓަށް ކުރަމުން އައި ދަތުރުތައް މަޑު ޖެހިގެން ދިޔައެވެ. އޭގެފަހުން މި އެއާޕޯޓަށް ކުރަމުން އައީ ޗާޓަރު ދަތުރުތައް އެކަންޏެވެ. މިއީ 1.8 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ