މަޝްހޫރު ބޮލީވުޑް ބަތަލާ ޝިލްޕާ ޝެއްޓީގެ ކޮއްކޮ ޝަމިތާ ޝެއްޓީ އާއި އެކްޓަރު ރާގޭޝް ބަޕަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑީއާއިން ރިޕޯޓް ކޮށްފައިވަނީ މީގެ ހައެއްކަ މަސް ކުރިންނެވެ.
އަދި ހަމަ އެހެންމެ ދެމީހުން އެކުގައި ތަންތަނަށް ދިއުމާއި ޑޭޓްތަކަށް ދިއުމުގެ އިތުރުން އެމީހުން އެކުގައި ފޮޓޯނެގުމުގެ ހުއްދަ ޕަޕަރާޒީންނަށް ދީ، ވަރަށް ލޯބި ކަޕުލް އެއްގެ ގޮތުގައި މި ސޯޖު ވަނީ ސަޕޯޓަރުން ބަލައިގެންފައެވެ.
ނަމަވެސް މިހާރު އެދެމީހުންގެ ލޯބީގެ ގުޅުމުގައި ފުލުސްޓޮޕް ޖެހިފައިވާ ކަމަށާއި ދެމީހުންގެ މެދުގައި އޮތް ގުޅުން ނިމުމަކަށް އައިސް ފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި ޝަމިތާ މިހާރު ސޯޝަލް މީޑިއާގައި ރާގޭޝްގެ ފޮޓޯތައް ވެސް ޝެއާ ނުކުރާ ކަމަށާއި އެގުޅުން އެއްކޮށް ނިމިފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެދެމީހުން ރުޅިވީ އެންމެ ބޮޑު އެއްސަބަބަކި މިޒާޖު ދިމާ ނުވުން ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެދެމީހުންގެ ފަރާތުން އަދި ރަސްމީކޮށް މިހާވަކަތަކަށް ޖަވާބުދީފައިއެއް ނުވެއެވެ.
ޝަމީތާ އާއި ރާގޭޝް ބައްދަލުވީ އެންމެ ފަހުން ކަލާޒްގެ "ބިގް ބޮސް" ގެ ސްޓްރީމިން ޝޯއިންނެވެ. މި ޝޯގައި އެދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ގަދަވެ އެމީހުން ޑޭޓް ކުރަން ފެށިކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.
އަދި ހަމަ އެހެންމެ ޝަމިތާގެ އާއިލީ ޗުއްޓީގައި ރާގޭޝް ވަނީ ބައިވެރިވެފައެވެ. އެއީ ބިގްބޮސްގައި ޝަމީތާ ވާދަކުރުމަށް ފަހު ޝަމީތާގެ އާއިލާއިން ރޭވި ދަތުރެކެވެ. އެދަތުރުގައި ޝިލްޕާގެ ދެމަފިރިންނާއި، ދެދަރިން އަދި ޝިލްޕާ އާއި ޝަމީތާގެ މަންމަ ވެސް ބައިވެރިވިއެވެ.
އާއިލާގެ މީހަކާ ހަވާލާދީ އޭރު ނޫސްތަކުން ބުނެފައިވަނީ އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށާއި ދެމީހުންގެ ގުޅުން ވަރަށް ސީރިއަސް ކަމަށެވެ. އަދި ޝަމީތާގެ މަންމަ މިހާރު އެންމެ ބޭނުންވާ އެއް ކަމަކީ ޝަމިތާ ކައިވެނި ކުރުން ކަމަށް ވެސް ބުނެފައި ވެއެވެ.
އުމުރުން 43 އަހަރުގެ ޝަމިތާ މިހާތަނަށް އަދި ކައިވެންޏެއް ކޮށްފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ ދައްތަ ޝިލްޕާ ހޯދި ފަދަ ކާމިޔާބެއް ބޮލީވުޑްގައި ވެސް ހޯދިފައެއް ނެތެވެ.
ކޮމެންޓު ފޮނުވާ