އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިީޚަބުގައި ވޯޓް ކަރުދާސްކޮޅުގައި އިމްތިޔާޒްގެ ނަން އޮވެގެން ނުވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު ތާޢީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށެވެ. މުސަ ގެންދަވަނީ ރައީސް ނަޝިދުގެ ފެކްޝަނަށް ވަަރށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އިންތޔިޚާބުގައި އިންތިގެ ނަން އޮވެގެން ނުވާނެކަމަށް މޫސަ ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓުތަކަށް ވިޕްލައިން ނެރެފައި އޮއްވައި ބައެއް މެމްބަރުން އެއާ ޚިލާފުވެ، އިދިކޮޅުން ބޭނުންވާ ގޮތަށް ވޯޓު ދެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް މިހާރަށް ދިން ދިންޓަރވިއުއެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން މޫސަ ވަނީ، ވިޕްލައިނާ ޚިލާފްވެ އެމްޑީޕީން މެންބަރުން ޕީޕީއެމާ އެއްކޮޅަށް ވޯތު ދީފައިވާއިރު، އެވަރުގެ ބަޔަކަށް އެމްޑީޕީ ހިންގަން ހަވާލު ކުރަންވީތޯ ސުވާލުކުރައްވާފައެވެ.
އަޅުގަނޑު MDPވިޕްލައިން އާޚިލާފަށްވޯޓުގަ ބައިވެރިނުވީ މިފަހަރު MDP މެމްބަރުންތަކެއް PPM އާއެކީ ވޯޓުލީ. ފައްކަލެއްނު. މިމީހުންމީ ތިލަފަތުގެ ރަމްޒު.
މިވަރުބަޔަކަށްMDP ހިންގަން ހަވާލުކުރަންވީ.؟ އިނތިގެ ނަން ވޯޓުކަރުދާހުގަ އޮވެގެން ނުވާނެ. pic.twitter.com/OVQAwhkJyG— Moosa Maniku (Reeko) (@ReekoMoosa) March 30, 2022
މޫސަ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ފާއިތުވި ހަފްތާގައި ދެ ވޯޓެއްގައި، އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭނުންވާ ގޮތަށް ވޯޓު ދެއްވައިފައެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ތިއްބެވި މެމްބަރުން މި ގޮތަށް ވޯޓު ދެއްވީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ހެދި ހޫނުވި މައްސަލަތަކާ ގުޅިގެން ކަމަށް ބައެއް މެމްބަރުން ވިދާޅުވެއެވެ.
މިކަމާއި ގުޅިގެން ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، މެމްބަރުން ވިޕްލައިނާ ހިލާފުވުމަކީ ދެރަ ކަމެއް ކަމަށެވެ. އެކަމަކު ދެ ވޯޓެއްގައި ވިޕާ ހިލާފުވި މެމްބަރުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއްނެތް އަސްލަމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ