އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ބޭރު ކުރަންޖެހޭ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ވާދެވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދަށް ތާއީދު ކުރާ އިންތިގެ ޓީމުން އެންމެ ބޮޑަށް ދައްކަމުންދާ ވާހަކައަކީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރުމަށް މަސައްކަތް ކުރާ ކަމުގެ ވާހަކައެވެ. އެމްޑީޕީގެ އެންމެ ފަހުގެ ޗެއާޕާސަން ހަސަން ލަތީފުވެސް ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރަން އުޅޭކަމަށް ތަކުރާރުކޮށް މިކެމްޕެއިންގެ އެކި ފޯރަމް ތަކުގައި ވިދާޅުވެގައެވެ.
މިވާހަތަކާއި ގުޅިގެން ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީން ނަޝީދު ބޭރު ކުރަންޖެހޭކަމަށެވެ. ނަޝީދު މަސައްކަތް ކުރަނީ އެމްޑީޕީއަކީ އަމިއްލަ މުދާގަނޑަކަށް ހެދުމަށް ކަމަށް މޫސަ ވިދާޅުވިއެވެ. އެމްޑީޕީ އުފައްދައި އެމްޑީޕީއަށް އެންމެ ބޮޑެތި ގުރުބާނީވެފައިވާ އެތައް ބޭފުޅަކު އެމްޑީޕީން ބޭރުކޮށް އަމިއްލަ ބާރުވެރިކަން ހޯދުމަށް ނަޝީދު ކުރި މަސައްކަތަކީ މިއަދުވެސް އެމްޑީޕީއަށް އޮތް އެންމެ ބޮޑު ހުރަސްކަމަށް މޫސަ ވިދާޅުވިއެވެ.
ވަކި ވަކި ނަންތައް ވިދާޅުވަމުން، މޫސަ ވިދާޅުވީ، ގޯގޯ ލަތީފާއި، މުނައްވަރާއި، އިބްރާހިމް އިސްމާއިލްއާއި، ޑރ.ޑީޑީ އާއި އަލްހާން ފަހުމީފަދަ ބޭފުޅުންނަކީވެސް ސީދާ ނަޝީދުގެ ނުފޫޒުން އެމްޑީޕީން ބޭރުކޮށްލި އެމްޑީޕީ މިހިސާބަށް ގެނައުމުގެ މުހިންމު ދައުރެއް އަދާކުރި މީހުންކަމަށެވެ.
މިއެންމެން އެމްޑީޕީން ބޭރުކޮށްލުން ކުރި އިހުސާސްތައް ނަޝީދު ކުރުމަށްޓަކައިވެސް އެމްޑީޕީން ނަޝީދު ބޭރުކުރަންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ. އެމްޑީޕީ އުފެއްދުމުގައި ނަޝީދުގެ ބައިވެރިވުން އޮތްކަމަށްބުނެ ދެކެވޭ ވާހަތަކާއި ގުޅިގެން މޫސަ ވިދާޅުވީ، ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެއްވެސް ހިއްސާއެއް އޮތް މީހެއް ނޫންކަމަށެވެ. ނަޝީދަށް އެމްޑީޕީ ފެނުނީ އެމްޑީޕީ އުފައްދައި، އެތައް މަސައްކަތެއް ކުރި ފަހުންކަމަށް މޫސަ ވިދާޅުވިއެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން މޫސަ ވިދާޅުވީ މިއީ އިންތިއާއި، ފައްޔާޟުގެ ވާދަވެރިކަމެއް ނޫންކަމަށެވެ. މިއީ ސީދާ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަމުގައި ހިނގާ ސިޔާސީ މަސައްކަތެއް ކަމަށެވެ. ރައީސް ޞާލިހުގެ ތާއީދު ބޮޑުކޮށް އޮންނަނީ ފައްޔާޟަށް ކަމަށާއި، މިއިންތިޚާބު ފައްޔާޟު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް މޫސަ ވިދާޅުވިއެވެ.
2 Responses
ބަލަ މިހިރި ލަދުކުޑަރީކޯމޫސާ ކެނެރީގޭނަޝީދު ނުހައްގުން ޑޮލަރުގެ އަގައްއާބަދަލްކިޔާފައިކިހާ ފައިސާއެއްދިންތަ؟މިހާރު ދެބޯގެރި ހެދިގެން އޭރެއްގެވެރިކަމުގާހުރިމީހަކައް ސަނާކިޔާގެތިހިރަބާލަނީ މިހާރު ތިޔަމޫސަ އިންސާފުގެކުރިމައްޗައްގެނެވޭނެ ފައިސާހޯދިކޮންގޮތަކަން ސާފުކުރާނެދުވަސްކާރި މި މުންޑުކޯލޭސަން މިހާރު ހަލަކައިން ނޭވާއެޅިފައިވަނީ ތޭވީސް ހިޔާފުލެޓާއެކު ރައީސްޔާމީނުގެނައިސް އިންޑިޔާ މިލްޓރީ ބޭރުލުރުން ؟
މޫސަޔަށް ވިޔަސް މިހާރުތިޔަކުޅެނީ ތިފިލްމުގެވިލަންގެ ރޯލުކުޅެން ދައުވަތު ދިނީކާކުބާ).