ވިލް ސްމިތު ރޮކްގެ ކަންކަށި މަތީގައި ޖަހާ މަންޒަރު

ކްރިސް ރޮކްގެ ކިބައިން ވިލް ސްމިތު ރަސްމީކޮށް މާފަށް އެދިއްޖެ

ކްރިސް ރޮކްގެ ކިބައިން ވިލް ސްމިތު ރަސްމީކޮށް މާފަށް އެދިއްޖެ

އެމެރިކާގެ ހޮލީވުޑް އެކަޑަމީ އެވާރޑްގައި، ސްޓޭޖްމައްޗަށް އަރާ، މަޝްހޫރު ކޮމޭޑިއަން ކުރިސް ރޮކްގެ ކަންކަށިމަތީ ޖެހުނީތީ ރަސްމީކޮށް މާފަށް އެދޭކަން އެމެރިކާގެ މަޝްހޫރު އެކްޓަރ ވިލް ސްމިތު ހާމަކޮށްފިއެވެ.

އަމިއްލަ އިންޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި، ހޯމަ ދުވަހު ވިލް ސުމިތު ލިޔެފައިވަނީ، އޭނާގެ އަމަލަކީ "ބަލައި ނުގަނެވޭނެ އަދި ކޮށްގެން ވާނެ ކަމެއް" ނޫން ކަމުގައެވެ.

އަހަރެންނަށް އަމާޒުކޮށް ޖަހާ ޖޯކުތައް އަހަރެންނަށް ބަލައިގެނެވިދާނެ، އެހެންނަމަވެސް ޖާޑާ (އަންހެނުން)ގެ ސިއްޙި ހާލަތަކީ އަހަރެންނަށް ތަހައްމަލް ކުރަން އުދަގޫ ކަމެއް، އަދި އެއީ އަހަރެން ޖަޒުބާރުގައި ޖެހޭކަމެއް،" ވިލް ސުމިތު އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައި ވެއެވެ. "ކުރިސްގެ ފަރާތުން އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން، އަހަރެން ހަގީގަތުގައި ވަނީ ރޮނގު ހުރަސް ކޮށްފައި، އަދި އަހަރެން ކުރީ ރަގަޅުކަމެއް ނޫން. އަހަރެން މިވަނީ ލަދުވެތި ވެފަ، އަދި އަހަރެންގެ އަމަލަކީ އަހަރެންގެ ކިބައިން ފެންނަން އަހަރެން ބޭނުންވާފަދަ އަމަލެއް ނޫން،. ލޯތްބާއި ހަމްދަރުދީގެ ދުނިޔެއެއްގައި ހަމަނުޖެހުމަށް ފުރުސަތު އޮވެގެން ނުވާނެ."

ސުމިތް އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައިވަނީ، "ހުރިހާ ބާވަތެއްގެ ހަމަނުޖެހުމަކީވެސް، ވިހަގަދަ އަދި ހަލާކަށް މަގުފަހު ކުރުވާ" ކަންކަން ކަމުގައެވެ.

އިންސްޓަގްރާމް ޕޯސްޓު ނިންމާލަމުން ވިލް ސުމިތު ވަނީ، ފިލްމް އެކަޑަމީގެ ފަރާތުންނާއި، ޝޯވްގެ ޕްރޮޑިއުސަރުންނާއި، ފިލްމް އެވާޑް ހަފްލާއަށް ހާޒިރުވީ މީހުންގެ ކިބައިންނާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ހަފްލާ ބަލާފައިވާ ހުރިހާ އެންމެންގެ ކިބައިންވެސް މާފަށް އެދިފައެވެ.

އެމެރިކާއައި ކުރިޔަށްދިޔަ އޮސްކާ އެވާޑް ހަފްލާފައި، އެ ހަފްލާ ހުށަހަޅަމުންދިޔަ، މަޝްހޫރު ކޮމޭޑިއަން ކްރިސް ރޮކްގެ ކަންކަށިމަތީގައި، މަޝްހޫރު ރެޕް މިއުޒިކް ކުޅުންތެރިއާ، އަދި އެކްޓަރ ވިލް ސްމިތު ޖެހުމާއި ގުޅިގެން އެތައް ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

ސްޓޭޖު މައްޗަށް އެރުމަށްފަހު ވިލް ސްމިލް ކްރިސް ރިކްސްގެ ކަންކަށިމަތީގައި ޖަހަނީ

މި ހަފްލާ ހުށަހަޅަމުން، ކްރިސް ރޮކް، ވިލް ސްމިތްގެ އަނބިކަނބަލުންގެ ބޮލުން އިސްތަށިތައް ގޮސްފަ ހުރި ހުރުމަށް އިޝާރާތްކޮށް ބުނެފައިވަނީ، "ޖާޑާ (ވޮލް ސްމިތްގެ އަނބިކަބަލުން)، ޖީއައި ޖޭން 2 (އެމެރިކާގެ ކުރީގެ ފިލްމަކަށް އިޝާރާތްކޮށް) އިން ފެންނާނެ ދުވަހަކަށް މިހިރީ ކެތް މަދުވެފަ)،" މިހެންނެވެ.

ކްރިސް ރޮކް މިހެން ބުނުމާއެކު، ފެނިގެން ދިޔައީ ވިލް ސްމިތު ހިގާފައި ސްޓޭޖްއާއި ދިމާލަށް ދާންފެށި ތަނެވެ. އަދި ކްރިސް ރޮކްއާއި އަރާ ހަމަކޮށް އޭނާވަނީ، އޭނާގެ ކަންކަށިމަތީ ޖެހުމަށްފަހު އެބުރި ގޮޑީގައި އިށީދެފައެވެ.

"ކަލޭގެ ވިހަ ދުލުން އަހަރެންގެ އަންހެނުންގެ އަންހެނުންގެ ނަން ކިއުން ހުއްޓާލާ،" އެބުރިގޮސް ގޮޑީގައި އިށީނުމަށްފަހު ހަރުއަޑުން ވިލް ސްމިތް ހަޅޭ ލައްފާވައި ވެއެވެ.

ސްމިތުވަނީ، އެންމެ މޮޅު އެކްޓަރު އިނާމު ލިބިގަތުމަށްފަހު ވާހަކަ ދައްކަމުން، ކްރިސް ރޮކްގެ ކަންކަށިމަތީގައި އޭނާއަށް ޖެހުނީތީ މާފަށް އެދިފައެވެ.

"އަހަރެން ބޭނުން އެކަޑަމީގެ ފަރާތުން މާފަށް އެދެން. އަދި ވަނަތަކަށް ނޮމިނޭޓްވި ހުރިހާ އެންމެންގެ ފަރާތުންވެސް މާފަށް އެދެން،" އޭނާ ފަހުން ބުނެފައި ވެއެވެ.

"އާރޓްއަކީ ވަރަށް ގިނަފަހަރަށް ކަންކަން ކޮޕީ ކުރަންޖެހޭ ކަމެއް. ރިޗަރޑް ވިލިއަމްސްއެކޭ އެއްފަދައިން އަހަރެންނަކީވެސް ހަމަ ނުޖެހޭ ބައްޕައެއް. އެހެންނަމަވެސް ލޯތްބަކީ ހަގީގަތުގައިވެސް ހަމަނުޖެހޭ ކަންކަން ކުރަން ސަބަބު މެދުވެރި ކުރުވާ ކަމެއް."

ވިލް ސްމިތްގެ އަންހެނުން ޕިންކެޓް ސްމިތް މީގެ ކުރިންވަނީ، ބޮލުންނާއި ގައިން އިސްތަށި ފައިބާން މެދުވެރިވާ ސިއްޙީ މައްސަލައެއް ކަމުގައިވާ (alopecia) އެލޮޕީސިއާގެ ހާލަތު ކުރިމަތިވެފައިވާ ކަމަށް ބުނެ އެވާހަކަ ދައްކާފައެވެ.

ވިލް ސްމިތް ސްޓޭޖްމައްޗަށް އަރާ އޭނާގެ ކަންކަށިމަތީގައި ޖެހުމާއިއެކު، ރޮކް ފެނުނީ ކުއްލި ހައިރާން ކަމެއްގައި ހުއްޓައެވެ. "މިރޭ ވެގެންދާނީ ޓެލެވިޒަންގެ ތާރީޚުގައި ބޮޑު ރެއަކަށް" އޭނާ ކުއްލި ހުއްޓުމަކަށް އައުމަށްފަހު ބުނެފައި ވެއެވެ. އެއަށްފަހު އޭނާވަނީ، އެންމެ މޮޅު ޑޮކިއުމެންޓްރީގެ އިނާމު އޭގެ ހައްގުވެރި ފަރާތާ ހަވާލު ކޮށްފައެވެ.

ކްރިސް ރޮކްއަށް ސްޓޭޖަށް ދަައުވަތު ލިބުނީވެސް އެއެވާރޑް ހަވާލު ކުރުމަށެވެ.

މިހަފްލާގައި ކުރިސް ރޮކް، ވިލް ސްމިތްގެ އަންހެނުނަށް ނިސްބަތްކޮށް ހަޖޫ ޖަހާފައިވަނީ، 1997 ވަނަ އަހަރު އެމެރިކާގައި ދައްކާފައިވާ ފިލްމެއް ކަމުގައިވާ ޖީއައި ޖޭން (GI Jane) ފިލްމަަށް ނިސްބަތް ކޮށެވެ. މި ފިލްމުގައި އެމެރިކާގެ އަންހެން އެކްޓަރު ޑެމީ މޫރޭ އަދާކުރި ދައުރުގައި އޭނާ ބޮލުގެ އިސްތަށިގަޑު ހުންނަނީ އެއްކޮށް ބާލާފައެވެ.

ވިލް ސްމިތްއާއި އޭނާގެ އަންހެނުން: ޕިންކެޓް ސްމިތްއަށް ވަނީ އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފަ

ވިލް ސުމިތުގެ އަންހެނުންނަށް ކުރިމަތިވެފައިވާ، ބޮލުންނާއި ގައިން އިސްތަށި ފޭބުމުގެ މައްސަލައާއި ގުޅޭގޮތުން އޭނާ އެންމެ ފުރަތަމަ ވާހަކަ ދައްކާފައިވަނީ، 2018ވަނަ އަހަރު އޭނާގެ ފޭސްބުކް ޕޭޖުގެ ޗެޓް ޝޯގައި ގެނައި "ރެޑް ޓޭބުލް ޓޯކް" ގައެވެ. "އަހަރެންނަށް ވަނީ އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފަ. އެންމެ ފުރަތަމަ އެމައްސަލަ ކުރިމަތިވި އިރު ވަރަށް ބޮޑަށް ބިރުގަތް،" އިސްތަށި ފޭބުމުގެ މައްސަލަ ކުރިމަތިވެފައިވާކަން އެންމެ ފުރަތަމަ ފަހަރަށް ހާމަކުރަމުން އޭނާ ބުނެފައި ވެއެވެ.

އަލްޕީސިއާ (alopecia)އަކީ ގައިގެ ހުރިހާ ތަނަކުން އިސްތަށި ފޭބުމަށް މެދުވެރިވާ ސިއްޙީ މައްސަލައެލެވެ. މިއީ ބައެއް ފަހަރަށް ވަގުތީ ކަމަކަށް ވެގެންދާއިރު، މި ކަމަކީ ދާއިމީ ސިއްޙީ ކަމަކަށްވެސް ވެގެން ހިގައި ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *