އިންޑިއާއާއި އޮސްޓްރޭލިއާ ކުޅޭ ޓެސްޓް ސީރީޒްގެ ބޮޑުބައެއް އިންޑިއާގެ ކެޕްޓަން ވިރާޓް ކޯލީ ނުކުޅޭކަން ހާމަކޮށްފިއެވެ.
ޓެސްޓް ސީރީސްގެ ކުރިން ކުޅޭ ތިން "ޓީ20″ އާއި ތިން "1 ޑޭ އިންޓަނޭޝަނަލްސް" ގައި ވިރާޓް ކުޅޭނެކަމަށް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. ވިރާޓްގެ ބަދަލުގައި އޮސްޓްރޭލިއާ ޓެސްޓް ސީރީސްގައި އިންޑިއާ ޓީމުގެ ކެޕްޓަންކަން ކުރާނީ ވައިސް ކެޕްޓަން އަޖިންކްޔާ ރާހަނޭއެވެ. ވިރާޓް ވަނީ 55 ޓެސްޓްގައި އިންޑިއާ ޓީމުގެ ކެޕްޓަންކަން ކޮށް ދެވަނަ އަށް އެންމެ ގިނަ ޓެސްޓްގައި ކެޕްޓަންކަން ކުރި އިންޑިއާ ކުޅުންތެރިއާގެ މަގާމުހޯދާފައެވެ.
އޭނާއަށް ކުޅެވޭނީ ހަމައެކަނި ޑިސެމްބަރު 17 ވަނަ ދުވަހު ކުޅޭ ޓެސްޓުގައި އެކަންޏެވެ. އަދި ފުރަތަމަ ޓެސްޓަށްފަހު ވިރާޓް އޭނާގެ އަންހެނުން ވިހަންވާއިރަށް އަނބުރާ އިންޑިއާއަށް އަންނަން ޖެހުމުން ސީރީސްގެ ބާކީ ޓެސްޓް މެޗްތަކުގައި ނުކުޅޭކަން ވަނީ ހާމަކޮށްފައެވެ.
ޖެނުއަރީގައި ކުޅޭ މިސީރީސްގެ ދެ ޓެސްޓް މެޗުގައި ވެސް ވިރާޓް ނުކުޅޭނެކަމަށް މީޑިއާ ތަކުގައި ބުނެފައިވެއެވެ.