ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ބައިވެރިވުމަށް ނައިބް ރައީސް ޔޫ.އޭ.އީއަށް

ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ބައިވެރިވުމަށް ނައިބް ރައީސް ޔޫ.އޭ.އީއަށް

Author
މުޙައްމަދު ޝަޒައިމް
28 މާރޗް 2022 08:04
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މިއަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ޝިއާރެއްގެ ގޮތުން ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް ޕެންޑަމިކް ގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ.

އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލުބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.

‎މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ.ގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 31 މާރިޗު 2022 ވާ ބުރާސްފަތު ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.