ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތުގެ ތެރެއިން އިއްޔެ ބޭއްވި "ނޭވާހޮޅިއަށް" ހަރަކާތުގައި ފުލުހުންނާއި ހަރަކާތްތެވި ބިދޭސީ މީހަކީ މުވައްޒިފެއް ކަމަށާއި، އޭނާގެ ފޮޓޯ މިޑިއާތަކުން ބޭނުން ކުރާތީ އޭނާއަށް އިންޒާރު ލިބެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ފޮޓޯތަކުން އޭނާ މުޒާހަރާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވާތަން ފެނެއެވެ. މަންޒަރުދުށް ބައެއް މީހުން ބުނި ގޮތުގައި އޭނާ ފުލުހުންގެ ވެހިކަލްތެރޭ އިނދެގެން ފުލުހުންނަށް "އިރުޝާދު ދެމުންދާ"ތަން ވަނީ ފެނިފައެވެ.
މިމީހާ ފުލުހުންގެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވުމުން ގިނަ މީޑިއާތަކުން މިއީ ކޮން ބޭނުނަކު ހަރަކާތްތެރިވާ މީހެއްތޯ ވަނީ ސުވާލުކޮށްފައެވެ. މިކަމާއި ގުޅިގެން ފުލުހުން ވަނީ އޭނާ ދިފާއުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އެއީ ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބަހާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ. 25 މާރޗު 2022 ގައި ބޭއްވި މުޒާހަރާގައި މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކުގައި ކަމަށް ވަނީ ބުނެފައެވެ.
ބައެއް ނޫސްތަކުން މިމުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ލިބިފައިވޭ.
– ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު، މީގެ ކުރިން މާލޭގައި ކުރި އެއްވެސް މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގައި ކުލަ ހެދުމުގައި މިގޮތަށް ހަރަކާތްތެރިވި މެޑިކަލް އޮފިސަރެއް ފެނިފައިނުވެއެވެ. އަދި އިއްޔެގެ މުޒާހަރާގައިވެސް އެތައް ބަޔަަކަށް އަނިޔާވެ ފުލުހުންނަށްވެސް އެކި އަނިޔާތައްވި ނަމަވެސް އޭނާ އެއިން އެއްވެސް މީހަކަށް ފަރުވާދެމުން ދިޔަތަނެއްވެސް ފެނިފަި ނުވެއެވެ.
2 Responses
ފުލުހުން އާއި ސިފައިން ތިބީ އިންޑިޔާއަށް ބޮޑުތަނުން ބިކިފަ.
ކޯޓުތައް ތިބީ މަހުޖަނުން އާއި ޑްރަގު ގެ ބޮޑުންނަށް ވިކިފަ.
ޝައްކެއްނެތް އެއީ އިންޑިއާގެ މިލިޓަރީ އޮފްސަރަކަށްނޫނީނުވާނެ. އަދި އެކަންވެސް އިރާދަކުރެއްވިއްޔާ ލަހެއްނުވެ ހާމަވެގެންދާނެ. މާގިނަދުވަހެއްނުވެ މިލާދީނީބައިގަނޑު މުސްލިމް ދިވެހިންގެކުރިމަތީ އަމާންދީ ކުޑަކަކޫޖަހާނެ.އިންޝާﷲ.