ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގައި ތުހުމަތުކުރެވޭ އިސްމީހާ ހައްޔަރުކޮށްފި

ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގައި ތުހުމަތުކުރެވޭ އިސްމީހާ ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 މާރޗް 2022 07:45
0

މާލޭގެ ގެެެެއްގެ ތެރޭގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތު ކުރެވޭ އިސްމީހާ ހައްޔަރުކޮށްފިއެވެ.

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ތެރޭގައި އުޅޭ ބައަކާ ގުޅުން އޮތް ކަމަށް ބެލެވޭ އެ މަސްތުވާތަކެތި ހުރީ ތަޅުންގަނޑުގެ އަޑީގައި ވަޅުލައިފައެވެ. އެ ތަކެތި ފެނުނީ އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓްގެ އޮފީސް ކުރިމަތީގައި ހުރި ގެއަކުންނެވެ. ދެ ބުރިއަށް ހަދާފައިވާ އެ ތަނުގައި މީހުން ދިރިއެއްނޫޅެއެވެ.

ކަމަޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރި ޓުވީޓެއްގައި ވިދާޅުވީ ފުލުުހުން އިއްޔެއިން ފެށިގެން މާލޭގައި ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސް ހިންގި އޮޕަރޭޝަންގައި މިތަކެތި އަތުލައިގަނެފައިވާއިރު، މިމައްސަލާގައި މިހާރުވަނީ އެކަކު ހައްޔަރުކޮށް މައްސަލަ ތަހުގީގް ކުރަން ފަށާފައެވެ.

އަދި މީގެ ކުޑައިރުކޮޅެއް ކުރިން ސީޕީ ވިދާޅުވީ މިމައްސަލާގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހާވެސް މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.

އެއާއެކު މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.