އަޅުގަނޑުމެން އެމްޑީޕީ ހިންގާލާނީ ރައީސް ނާޝީދާއިވެސް އެކު: ފައްޔާޟު

އަޅުގަނޑުމެން އެމްޑީޕީ ހިންގާލާނީ ރައީސް ނާޝީދާއިވެސް އެކު: ފައްޔާޟު

ގުޅުންހުރި

ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބުކޮށް، އެމްޑީޕީ ހިންގާލާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއި، އެމަނިކުފާނުގެ އިރުޝާދާއި އެކުގައި ކަމަށް އިކޮނޮމިކް މިނސިްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބ.އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ނިންމާލުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދު ބޭރުކޮށް، އެކަހެރި ކުރަން އުޅޭކަމަށް ވާހަކަ ދެއްކުމަކީ އެއްވެސް ހަމަޖެހޭ ކަމެއް ނޫންކަމަށެވެ. ރައީސް ނަޝީދު އެމްޑީޕީން ބޭރުކޮށްލެވޭ ވަރުގެ މީހަކު ކައިރި މުސްތަގު ބަލެއްގައިވެސް އެމްޑީޕީއަށް އާދޭވޭނެ ތަނެއް ނުފެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކޮށް، މަސައްކަތް ކުރާނީ އެމްޑީޕީ ހިންގާލަން ކަމަށެވެ. އިދާރީ ގޮތުން ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނެސް އެމްޑީޕީ ހަރުދަނާ ޕާޓީއަކަށް ހެދުމަކީ އެންމެ ބޮޑު އަމާޒު ކަމަށާއި، އެކަން ކުރުމުގައި ރައީސް ނަޝީދުގެ އެއްބާރުލުންވެސް ހޯދާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.

މިރާއްޖޭގައި ރައީސް ނަޝީދު ބާކީކޮށް އެއްފަރާތްކޮށްލައި އެމްޑީޕީއަށް އާދެވޭ ވަރުގެ މީހެއްނެތް. އަޅުގަނޑުމެން މިއުޅެނީ އެމްޑީޕީ ހިންގާލަން. އަޅުގަނޑުމެން މިކަން ކުރާނީ ރައީސް ނަޝީދާއިވެސް އެކު.

– ފައްޔާޟު ވިދާޅުވިއެވެ.

ފޯރިގަދަ ވެފައިވާ އެމްޑީީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިންތިގެ ޓީމުން އެންމެ ބޮޑަށް ތުހުމަތު ކުރާއެއްކަމަކީ، ފައްޔާޟު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް އަތުވެއްޖެނަމަ ރައީސް ނަޝީދު އެމްޑީޕީން ވަކި ކުރާނެކަމުގެ ތުހުމަތެވެ. އަދި މިއީ ވަރަށް ރޭވިގެން ރައީސް ނަޝީދު އެމްޑީޕީން ބާކީ ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮގުގައި އިންތިގެ ޓީމުން ދަނީ ބުނަމުންނެވެ.

ފައްޔާޟު ވިދާޅުވީ އެމްޑީ މެމްބަރެއް ވަކި ކުރެވޭނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ކަމަށާއި، ފިޔަވަޅު އަޅާ ކޮމެޓީގައި ތިއްބަވަނީ، އިންތިއާއި، ޝިފާޒު އަދިވެސް އެހެން ބަޔަކު ކަމަށެވެ. ޗެއާޕާސަންގެ މަޤާމަށް އަޔަސް އަދި އެމްޑީޕީން މީހުން ވަކިކޮށް، ވަކި ގޮތަކަށް ކަންކަން ކުރެވޭނެކަމަށް ނުދެކޭ ކަމަށް ފައްޔާޟު ވިދާޅުވިއެވެ. އަދިއޭނާ ކުރަންޖެހޭ ކަމަކީ އެމްޑީޕީ ހިންގާލުން ކަމަށާއި، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަންކޮށް އެމްޑީޕީ ހިންގާލުންކަމަށެވެ. އެކަން ވަރަަށް ވަރުގަދަޔަށް ކުރާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ