ހަސަން؛ ރައީސަށް: ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ

ހަސަން؛ ރައީސަށް: ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ

Author
މުޙައްމަދު ޝަޒައިމް
22 މާރޗް 2022 02:00
0

ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ހަސަން މިހެން ވިދާޅުވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ އެކައުންޓުން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓަކައި ގުޅިގެންނެވެ. ނަމަވެސް އަލީ ޒާހިރު ބުނެފައިވަނީ މި ޓުވީޓަކީ އޭނާގެ އެކައުންޓު ހެކޮށްގެން ބަޔަކު ކޮށްފައިވާ ކަމެއްކަމަށް މިމައްސަލަ އަލީ ޒާހިރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ހަސަން ވިދާޅުވީ، ސަރުކާރާއި، މުޅިދައުލަތާއި އެމްޑީޕީގެ އިތުބާރު ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު މަސްލަހަތަކަށް ވާންޖެހޭކަމަށެވެ. ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް, ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ކުރަމުން ގެންދިޔައީމާ މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލިދާނެ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.

ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް, ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ކުރަމުން ގެންދިޔައީމާ މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލިދޭ. އެހެން ނުހައްދަވާ. ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ.

– ހަސަން ވިދާޅުވިއެވެ.

މިއަދު ހެނދުން ފެށިގެން އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ދިޔައީ ޓްވީޓްތަކެއް ކުރަމުންނެވެ. ރަައީސް އޮފީހުގެ އޮފިޝަަލަކު ވިދާޅުވީ އަލީ ޒާހިރުގެ އެކައުންޓް ހެކްކޮށްފައިވާ ކަމަަށެވެ. އަދި އެ މަަައްސަލަ މިހާރު ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ކުރި ފުރަތަމަ ޓްވީޓްގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ އެކްޓިވިސްޓިކަށް ވަނީ ރައްދު ދީފައެވެ. އަދި ބައެއް ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައިވެއެވެ. ދެވަނަ އަދި ތިންވަނަ ޓްވީޓްގައިވެސް އެފަދަ އިބާރާތްތައް ބޭނުން ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލ ލާސް
އެންޑީޕީގެ ހުރިހާމެންބަރުންް ކޮއިލްތެރަެގެެ ރޭވުންތަކައްް ފާރަވެރިވާންޖެހ؟
ހ ހޮޅި
ތިކަަން ރައްދުވަނީ ނަޝީދަށް. އޭނާގެ އަމަލުތަކުގެ ސަބަބުން ސަރުކާރަށާއި ޕާޓީއަށްދަނީ ނުހަނު ގެއްލުންވަމުންނެވެ.