އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރް އާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގ ހަނީމޫނަށް ދުބާއީއަށް ގޮސްފިއެވެ.
އެ މީހުން ދުބާއީއަށް ދަމުން ފްލައިޓްގައި ނަގާފައިވާ ފޮޓޯތަކާއި، ހޮޓެލްގައި ތިބެ ނަގާފައިވާ ފޮޓޯތައް މި ވަނީ އާއްމުކޮށްފައެވެ. މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ އޮކްޓޯބަރު މަސް ތެރޭގައި ދިއްލީގައެވެ. އަދި ޕާޓީ ބާއްވާފައި ވަނީ މުމްބާއީ އާއި ޗަންދީގަރްގަ އެވެ.
ނެހާ ވަނީ އެ މީހުން ހަނީމޫނަށް ފުރުމުގެ ކުރިން މުމްބާއީ އެއާޕޯޓްގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އަދި ދެ މީހުން ދުބާއީގައި ގޮސް ތިބޭ ހޮޓަލްގެ ވީޑިއޯއެއް އާއްމުކޮށްފައެވެ.
މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ އެހާ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެއް ނޫނެވެ. ނެހާ އަކީ މިހާރު އިންޑިއާގެ އެންމެ މަޝްހޫރު އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ. ކުރީގެ މަޝްހޫރު ލަވަތައް މި ޒަމާނަށް ފައްތައިގެން މި ޒަމާނުގެ ސްޓައިލަށް އޭނާ ކިޔާފައި ވެއެވެ. އަދި ފަހުގެ ގިނަ ހިންދީ ލަވަތަކުގެ އަންހެން ބައި ކިޔާ އެއް ފަންނާނުގެ ގޮތުގައި ނެހާ ފާހަގަވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ