މަޝްހޫރު އެކްޓަރ ރިތިކް ރޯޝަނާއި ލޯބިވެރިޔާ ސަބާ އަޒާދް ކައިވެނި ކުރަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސަބާ އާއި ރިތިކްގެ ގުޅުން ފަޅާއަރައި، އެންމެ ހޫނުކޮށް މިހާރު މީޑިއާގައި ދެކެވޭ ވާހަކައަކީ މި ދެ ލޯބިވެރިންގެ ވާހަކައެވެ. މި ދެމިހުންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަކަށް މީޑިއާއަށް ތިލަ ވުމާއެކު ސަބާ ރިތިކްގެ އާއިލާ އާއެކުގައި ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުވެފައެވެ.
އަދި ހަމަ އެއާއެކު ރިތިކްގެ ކުރީގެ އަންހެނުން ސުޒާން ޚާން ވަނީ ރިތިކާެި ސަބާގެ ގުޅުން ފަޅާއެރިތާ ކުރީކޮޅު ސަބާ ކޮންސެޓެއްގައި ލަވަ ކިޔަނިކޮށް ނަގާފައިވާ ފޮޓޯއެއް އިސްޓަގްރާމްގައި ޕޯސްޓްކޮށް، ސަބާ އަށް ވަރަށް ތައުރީފް ކޮށްފައެވެ.
ސަބާ އަންނަނީ ރިތިކްގެ އިތުރުން އެއާއިލާ އާއި ރިތިކްގެ ދެ ދަރިންނާ އެކުވެސް ވަގުތު ހޭދަކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ރިތިކް ވަރަށް އަވަހަށް ސަބާ އާ ކައިވެނިކުރަން ވަނީ ނިންމާފައެވެ. އެމީހުންގެ ގާތް އެކުވެރިޔަކު އިންޑިއާގެ ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި ރިތިކާއި ސަބާ އެމީހުންގެ ގުޅުމާ މެދު ވަރަށް ސީރިއަސް އެވެ. އަދި ރިތިކްގެ އާއިލާގެ އެންމެންނަށް ވެސް ސަބާ ވަރަށް ކަމުދެ އެވެ.
ރިތިކްގެ ކުރީގެ އަންހެނުންނާ ސަބާއާ ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި ސުޒާނަށް ސަބާ ކިޔާ ލަވަތަކާއި އޭނާގެ މިއުޒިކީ މަސައްކަތްތައް ވަރަށް ކަމުދާ ކަމަށް ސަބާގެ ރައްޓެއަސަކާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
ނަމަވެސް އަވަސް އަރުވައިލައިގެން ކައިވެނި ކުރުމުގެ ހިޔާލު ސަބާ ވެސް އަދި ތިރިކް ވެސް ނެތް ކަމަށާއި ހުރިހާ ކަމެއް ވަރަށް ހަމަޖެހިގެން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދަން ބޭނުން ވާކަމަށް އެމީހުންގެ ގާތް މީހަކާ ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ. އަދި ކައިވެނީގެ މަޝްވަރާތައް ވެސް މިއާ އެކުއެކީ ކުރަމުން އަންނަ ކަމަށް ޚަބަރުތައް ބުނެއެވެ.