މިނިމަމްވޭޖް ކަނޑައެޅުމަށް ފައްޔާޟު ކުރެއްވި މަސައްކަތް ފޮރުވަން އުޅުމަކީ އައްޗިކަމެއް: ޝިފާޢު

މިނިމަމްވޭޖް ކަނޑައެޅުމަށް ފައްޔާޟު ކުރެއްވި މަސައްކަތް ފޮރުވަން އުޅުމަކީ އައްޗިކަމެއް: ޝިފާޢު

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2022 12:04
0

މިނިމަމްވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ކުރެއްވި މަސައްކަތް ފޮރުވަން އުޅުމަކީ އައްޗިކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ، އިންތިއަށް ސަޕޯޓްކުރާ ބައެއް ފަރާތްތަކުން މިނިމަމް ވޭޖަކީ، ފައްޔާޟު ކުރާ ކަމެއްކަމަށް ނޫންކަމަށް ވިދާޅުވެ ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ލޫކަސް ކުރި ޓުވޫޓުގައި ބުނެފައިވަނީ މިނިމަމް ވޭޖަކީ އެމްޑީޕީ އެޖެންޑާ 19ގެ ސިޔާސަތެއް ކަމަށާއި، ފާސްކުރީ އެމްޑީޕީ މެޖޯރިޓީ ރައްޔިތުންގެ މަޖްލީހުން ކަމަށެވެ. ތަންފީޒުކުރީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، ރައީސް ޞާލިޙްގެ އެމްޑީޕީ ސަރުކާރުން ކަމަށެވެ. އަދި މިއީ އެތެރޭގެ އިންތިހާބެއްގެ ވަކި ކެނޑިޑޭޓަކަށް މުޅި ކުރެޑިޓް ދިނުމަކީ އިންސާފެއް ނޫންކަމަށެވެ.

މިވާހަތަކާއި ގުޅިގެން ޝީފާއު ވިދާޅުވީ މިނިމަމް ވޭޖަކީ ސީދާ މިނިސްޓަރ ފައްޔާޟުގެ ބޮޑު ދައުރެއް އޮވެގެން ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި މިކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެކަން ނުވާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މިނިސްޓަރ ފައްޔާޒު ކުރެއްވި ބުރަ މަސައްކަތް މަޖިލިސްގެ މި މަސައްކަތް ހިންގި ކޮމެޓީ މެމްބަރެއްގެ ހައިސިއްޔަތުން ދެކުނިން. ވަކި ވަޒީރެއް ކުރި ބުރަ މަސައްކަތެއް ފޮރުވަން އުޅުމަކީ ވަރަށް އައްޗި ކަމެއް. ފަޔާ އަކީ ހިތްވަރުގަދަ ހިންގުންތެރިއެއް.

– ޝިފާޢު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ތަންފީޒުކުރުމަށާއި މުސާރަތައް ހަމަހަމަކުރުމަށް 500 މިލިއަން ރުފިޔާ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައެވެ. އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރުމަށް ރާވައިފައިވަނީ އަހަރުތަކަކަށް ބަހާލައިގެންކަމުން 2023 އަދި 2024 ވަނަ އަހަރަށް ޕޭ ހާމަނައިޒޭޝަންއާއި މިނިމަމް ވޭޖް ތަންފީޒުކުރުމަށް 750 މިލިއަން ރުފިޔާ އަދި 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.