"ދަސްވީ"ގެ ޓީޒާ ދައްކާލައިފި

"ދަސްވީ"ގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
17 މާރޗް 2022 08:31
0

އަބިޝެކް ބައްޗަން މިހާތަނަށް ފެންނާނެ އެންމެ ތަފާތު ރޯލުން ފެނިގެންދާ ފިލްމު "ދަސްވީ"ގެ ޓީޒާ ދައްކާލައިފިއެވެ.

މި ފިލްމުގައި އަބިޝެކް ފެންނާނީ ގަންގާ ރާމް ޗައުދުރީ ކިޔާ ކެރެކްޓާއަކުންނެވެ. އަދި އޭނާ ގްރޭޑް 10 އެއްގެ ބޯޑް އެގްޒާމް ދޭން ކުރާ މަސައްކަތް ފެނިގެން ދާާނެއެވެ. އެގޮތުން ޖަލެއްގައި ހުރެގެން އޭނާ ގްރޭޑް 10 އެއްގެ ބޯޑް އެގްޒާމްގައި ބައިވެރިވުމަށް މަސައްކަތް ކުރާތަން ފިލްމުން ފެނިގެން ދާނެއެވެ.

އަބީޝެކާއެކު ލީޑުން ފެނިގެންދާ ޔާމީ ގޯތަމް އައިޕީއެސް އޮފިސަރެއްގެ ރޯލު ކުޅޭއިރު ދެން އެންމެ މުހިންމު ރޯލަކުން ފެނިގެންދާނީ ނިމްރަތު ކޯރެވެ. އަބިޝެކް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް މި ފިލްމުގެ ޓީޒާ ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Abhishek Bachchan (@bachchan)

އިޖުތިމާޢީ މައްސަލަތަކެއް މަޖާ ގޮތަކަށް ގެނެސްދޭ މި ފިލްމު ޑައިރެކްޓްކުރަނީ މުޅިން އަލަށް ޑައިރެކްޝަނަށް ނުކުންނަ ތުޝާރް ޖަލޯޓާއެވެ.

ފިލްމު ޕްރިމިއާ ކުރާނީ އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ނެޓްފްލިކްސް އަދި ޖިއޯ ސިނެމާ އިންނެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.