ވެމްކޯގެ އެމްޑީކަމުން ވަކިކޮށް އާދަމް މުޙައްމަދު ޕޯސްޓްގެ އެމްޑީއަކަށް އައްޔަންކޮށްފި

ވެމްކޯގެ އެމްޑީކަމުން ވަކިކޮށް އާދަމް މުޙައްމަދު ޕޯސްޓްގެ އެމްޑީއަކަށް އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
14 މާރޗް 2022 04:06
0

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރުކަމުން އާދަމް މުޙައްމަދު ވަކިކޮށް މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކުރައްވައިފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާއި ވެރިންނަށް ސަރުކާރުން އަންނަނީ ބޮޑު ބަދަލެއް ގެންނަވަމުންނެވެ. މިގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުގައި ހުންނެވި އާދަމް މުޙައްމަދު، ރޯޝަނީވިލާ/އއ.ބޮޑުފޮޅުދޫ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން މިއަދު ވަކިކޮށްފައިވާކަމަށެވެ. އަދި އޭނާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމް.ޑީ. ކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވާކަމަށް ޕީބީސީން ބުންޏެވެ.

މޯލްޑިވްސް ޕޯސްޓްގެ އެމްޑީ ކަމުގައި ކުރިން ހުންނެވި އަޙްމަދު ޝަފީޤް، އިކްލީލުގެ/ހއ.ދިއްދޫ، އެމަޤާމުން ވަކިކޮށްފައިވާކަމަށްވެސް ޕީސީބީން ބުންޏެވެ.

ސަރުކާރުން ވަނީ ދާދިފަހުން ސްޓެލްކޯގެ އެމްޑީކަމުން ޙަސަން މުޣުނީ ވަކިކޮށް އެންވަޔަރަމަންޓް މިނިސްޓޤރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ. އަދި ސްޓެލްކޯގެ އެމްޑީކަމަށް އައްޔަންކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.