ފައްޔާޒަށް ތަޢީދުކުރާތީ ބުލީކޮށް ފުރައްސާރަކުރާކަމުގެ ތުހުމަތުތަކެއް!

ފައްޔާޒަށް ތަޢީދުކުރާތީ ބުލީކޮށް ފުރައްސާރަކުރާކަމުގެ ތުހުމަތުތަކެއް!

Author
މުޙައްމަދު ޖިމީ
10 މާރޗް 2022 10:39
0

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚަބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް ތާޢީދުކުރާތީ، ޕާޓީގެ އިސް ބޭފުޅުންގެ ފަރާތުން ބުލީކުރުމާއި ފުރައްސާރަކުރާކަމުގެ ތުހުމަތު އައްޑޫ މަރަދޒޫ ދާއިރާގެ މެންބަރު އިބްރާހީމް ޗަރީފް ކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި ގުޅިގެން ޕާޓީ ތެރޭގެ ކޯޅުން ވަނީ ބޮޑުވެފައެވެ. މި އިންތިޚާބުގައި ރައީސް ޞަލިޙްގެ ފެކްޝަނުން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއީލެވެ. އަދި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

ޝަރީފް ވިދާޅުވީ، ކޯވިޑްގެ ހާލަތުގަވެސް ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިޔަ ނުދީ ހިފެހެއްޓުމަށް ގަދައަޅަ މަސައްކަތްކުރެއްވި އެއް މިނިސްޓަރަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްކަމަށެވެ. އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ފައްޔާޟަށް ތަޢީދުކުރަން ނިންމެވީ އެހެންކަމުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ބަޔަކު ވަގަށް ގޮވިޔަސް، ބުލީ ކުރިޔަސް ފަހަތަކަށް ނުޖެހޭނަން.

– އިބްރާހީމް ޝަރީފް

ޝަރީފް ވިދާޅުވީ، ވަކި ގޮތަކަށް ވަކި މީހަކަށް ތަޢީދުނުކޮށްފިނަމަ އެއީ ކޮރަޕްޓް މީހެއް ނުވަތަ ވަގެއްކަމަށް އެމްޑީޕީގެ އެތެރޭގައި ސިފަކުރަމުން އަންނަކަމަށެވެ.

ތާ އަބަދު ބުލީ ކޮށްގެން ކާމިޔާބުވާނެކަމަށް  ހީކުރުމަކީ މޮޔަކަމެއް. ތިމާ ނޭދޭގޮތަކަށް ބަހެއް ބުނާ ކޮންމެ މީހަކީ ވަގެއްކަމަށް ހަދާ މީހުންގެ އަބުރުގެ ކަތިލައިގެން ތާއަބަދު މޮޅެއް ނުވާނެ.

– އިބްރާހީމް ޝަރީފް

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބާ ދިމާކޮށް ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ ރައީސް ސާލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރެވެ. ފައްޔާޒުއާއި ވާދަ ކުރާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއަކީ ފެށުނީއްސުރެ އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އެންމެ އަރިސް އެ މެމްބަރެވެ.

އެހެންކަމަށް ވުމުން ޗެއަރޕާސަންގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް ސާލިހާއި ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ ތާޢީދު އޮތް

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.