ބޮޑު ޢައުލަބިއްޔަކުން އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ފާސްކޮށްފިއެވެ.
ޗެއާޕާސަން އިންތިޚާބު ފަސްކުރަން ފާސްކޮށްފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހަށެވެ. މިތާރީޚަށް އިންތިޚާބު ފަސްކުރުމަށް، ފާސްކުރީ އެމްޑީޕީގެ ޤައުމީ މަޖިލިސްގައި ބައިވެރިވި 100 މެމްބަރުންގެ ވޯޓުންނެވެ.
ކުރިން މިއިންތިޚާބު ބާއްވާން ފާސްކޮށްފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް މަޞާން މަހަށް މި ދުވަސްތައް ދިމާވާތީ އިންތިޚާބު ފަސްކުރަން ވަނީ ފާސްކޮށްފައެވެ.
އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚާއި ރަމަޟާން މަސް ދިމާވާތީ އިންތިޚާބު ފަސްކުރުމަށް އެދި ޗެއާޕާސަންގެ މަޤާމަށް ވަދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވަނީ އެދިވަޑައިގެންފައެވެ. މިހުށަހެޅުން އިންތިޚާބާއި ކޮމިޓީން ބެލުމަށްފަހު ޗެއަރޕަރސަން، އަންހެނުންގެ ރޫޙު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ރަމަޟާން މަހަށް ދިމާނުވާނެ ތާރީޚެއްގައި ބާއްވުމަށް ވަނީ ހުށަހަޅާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަށް ބަދަލު ގެނެވޭނީ ޤައުމީ މަޖިލީހުން ފާސްކޮށްގެންނެވެ.
މިރޭގެ ބައްދަލުވުމުގައި އަނެހްނުންގެ ރޫޙުގެ ވޯޓުލާ މީހުންގެ ރަޖިސްޓްރީއެއް ނެތުމާއިއެކު، ޕާޓީގެ މެންބަރުންގެ ތެރެއިން ހުރިހާ އަންހެން މެންބަރުންނަށް ވޯޓު ލެވޭނެ ގޮތަށް ހަމަޖައްސާ ގޮތަށް ވަނީ ފާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ