ހަނގުރާމައިގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް، މަޝްވަރާކޮށްފި

ހަނގުރާމައިގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް، މަޝްވަރާކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2022 07:58
0

ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި، ވަޒީރުން ވަނީ ޔޫކްރެއިންގެ މައްސަލައިގެ ސަބަބުން ދުނިޔޭގެ މަސްރަޙުގައި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރުން އިޤްތިޞާދީގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެފަދަ އަސަރުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ މަސްރަޙުގައި ދިވެހިރާއްޖެއިން މި މައްސަލައާމެދު ގެންގުޅޭ ސިޔާސަތުގެ މައްޗަށް ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައިވާއިރު ޔޫކްރެއިންގައި ތިބި ދިވެހިންނާއި ދިވެހި ދަރިވަރުން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.