ބީއެމްއެލުން ކެންސަ ސޮސައިޓީއަށް 150،000 ރުފިޔާގެ އެހީއެއް

ބީއެމްއެލުން ކެންސަ ސޮސައިޓީއަށް 150،000 ރުފިޔާގެ އެހީއެއް

ގައުމީ ބެންކު (ބީއެމްއެލް) އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މިއީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ކެންސަރ ސޮސައިޓީން ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" އަށް ގައުމީ ބެންކުން ވެދިން އެހީ އެކެވެ. ބީއެމްއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެހީ އެޖަމިއްޔާ އާ ހަވާލުކޮށްދެއްވީ ބެންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ އެވެ.

މި ފައިސާ ހަވާލުކުރުމަށް ފަހު ޓިމް ވަނީ ކެންސަރ ސޮސައިޓީގެ ބައެއް މެންބަރުންނާއި، އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދައި ރަނގަޅުވެފައިވާ މީހުންނާއި ބަލިން ފަރުވާ ހޯދަމުން އަންނަ މީހުންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، ކެންސަރު ބަލިން ރަނގަޅުވި މީހުން ވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރި ހިތްވަރާއި، ކެރިގެން ބައްޔާ ކުރިމަތިލުމާއި އުއްމީދާ އެކު މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ކެންސަރު ބަލީގެ ދުވަހާއި ގުޅުވައިގެން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް ކެންސަރ ސޮސައިޓީން ކޮންމެ އަހަރަކު ވެސް ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" މިއަހަރު ބާއްވާފައި ވަނީ ވަރޗުއަލް އިވެންޓެއްގެ ގޮތުގަ އެވެ. މި ހަރަކާތުގައި 680 އަށްވުރެ ގިނަ ބައިވެރިން ބައިވެރި ވެފައި ވާކަމަށް ކެންސަރ ސޮސައިޓީން މަޢުލޫމާތުދެއެވެ.

ބީއެމްއެލުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ބެންކުގެ އިޖްތިމާއި ޒިންމާގެ ދަށުން ކެންސަރ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *