ރަސްދޫއިން ބުނަނީ އިންޑިއާ ސިފައިން ބާލަން މާލަސްވެއްޖެކަމަށް: ޝިޔާމް

ރަސްދޫއިން ބުނަނީ އިންޑިއާ ސިފައިން ބާލަން މާލަސްވެއްޖެކަމަށް: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2022 07:38
0

ރަސްދޫއިން ބުނަނީ އިންޑިއާ ސިފައިން ބާލަން މާލަސްވެއްޖެ ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަރިއަތޮޅުގައި އަންނަ ހުކުރު ދުވަހު އިންޑިއާ އައުޓް ހަރަކާތް ބޭއްވުމަށްޓަކައި، އޭގެ ކުރިން ޕީޕީއެމްގެ އިސްބޭފުޅުން ދަނީ އަރިއަތޮޅުގެ ރަށްތަކަށް ދަތުރުކޮށް، ޕީޕީއެމްގެ މެމްބަރުންނާއި ބައްދަލު ކުރަމުންނެވެ. މިއަދު ޝިޔާމާއއި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓީމުން ވަނީ އއ.އުކުޅަހަށާއި، ރަށްދޫއަށް ގޮސް އެރަށްތަކުގެ ޕީޕީއެމް މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

ރަސްދޫއަށް ކުރި ދަތުރުގައި ޕީޕީއެމް މެމްބަރުންނާއި ބައްދަލު ކުރުމުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބާލަން މާބޮޑަށްވެސް ލަސްވެއްޖެ ކަމަށް އެރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ. އަދި މިބައްދަލުވުމުގައި ރާއްޖޭގައި މިހާރުހުރި މައްސަލަތަކާއި ގުޅޭގޮތުން މެމްބަރުންނަށް ޕީޕީއެމްގެ ޓީމުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ރަސްދޫއަށް ކުރި ކުރު ދަތުރުގައި ޕީޕީއެމްގެ ސަޕޯޓަރުން ބެހެއްޓެވި ގާތްކަމަށް ޝުކުރު ދަންނަވަން. ރަސްދޫއިން ބުނަނީ އިންޑިއާ ސިފައިން ބާލަން މާލަސްވެއްޖެ ކަމަށެވެ. ރަސްދޫ އިން ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ އަރި އަތޮޅުގެ އިންޑިއާ އައުޓް ހަރަކާތް ތަފާތުވާނެ.

– ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ހިންގާ "އިންޑިއާ އައުޓް" ބޮޑު ހަރަކާތެއް މާލޭގައި ވަރަށް އަވަހަށް ބާއްވަންޖެހިދާނެ ކަމުގައި އިޝާރާތެއް އިދިކޮޅު ޕްރޮގްރޮގްރެސިވް ކޯލިޝަނުން ވަނީ ދީފައެވެ. ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ ހިންގާ ހަރަކާތް ހަމައެކަނި ރަށްތަކުގައި ހިންގައިގެން ފުއްދައިލެވެން ނެތް ކަމަށެވެ. އެހެންކަމުން މާލޭގައި އެ ހަރަކާތުގެ ބޮޑު އެއްވުމެއް ބޭއްވުމަށް އެ ހަރަކާތަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މާލެއަށް އައުމަށް އިދިކޮޅުން ގޮވައިލުމުން ހުރިހާ ބޭފުޅުންވެސް މާލެއަށް ވަޑައިގަތުމަށް އޭނާ އެދިވަޑައިގަތެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގަމުންނެވެ. މިހަރަކާތުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.