ސޯސަން ވިލާ މަދަހަ، އަދި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ސޯސަން ވިލާ މަދަހަ، އަދި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
03 މާރޗް 2022 01:44
0

ސޯސަންވިލާގެ މަދަހަ އަދި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސްރީލަންކާގައި ދިވެހި ސަރުކާރުން ހިންގަމުން އަންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) ނުވަތަ ސޯސަންވިލާއިން ބާއްވާ އޯޕަން މަދަޙަ މުބާރާތާއި، ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ އިއްޔެއެވެ.

ސޯސަންވިލާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިޔުމެއްގައި ބުނެފައި ވަނީ 1443 ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ހަވީރު 6 ޖެހުމާއަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ސޯސަންވިލާއިން ދޫކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯސަންވިލާގެ ޤުރުއާން މުބާރާތުގެ ކިޔެވުން ކުރިޔަށް ދާނީ އަންނަ ރަމަޞާން މަހުގެ 9،10 އަދި 15،16 މި ދުވަސް ތަކުގައެވެ.

މަދަޙަ މުބާރާތް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 16 ވާ ބުދަ ދުވަހު މެންދުރުފަހު 2 ޖެހުމާއަށް ހުޅުވާލާފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ސޯސަންވިލާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސޯސަންވިލާއިން މިދިޔަ ރަމަޞާން މަހު ބޭއްވި ޤުރުއާން މުބާރާތުގައިވެސް ސްރީލަންކާގައި ދިރިއުޅޭ 100 އަށްވުރެގިނަ ދަރިވަރުން ބައިވެރި ވެފައިވެއެވެ. އަދި މިދިޔަ އަހަރު ބޭއްވި މަދަޙަ މުބާރާތަށްވެސް ލަންކާގައި ދިރިއުޅޭ އާންމުންގެ ރަނގަޅު ތަރުޙީބެއް ލިބިފައިވެއެވެ. ގިނަ އަދަދެއްގެ ދަރިވަރުން އެ މުބާރާތުގައި މަދަޙަ ކިޔާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.