މަޝްހޫރު ޓޮޔޯޓާ ކުންފުނިން ރަޝިއާގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނެސްފި

މަޝްހޫރު ޓޮޔޯޓާ ކުންފުނިން ރަޝިއާގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނެސްފި

ކާރު އުފައްދާ ޖަޕާނުގެ މަޝްހޫރު ޓޮޔޯޓާ ކުންފުނިން ރަޝިއާގައި އެކުންފުނިން ހިންގަކުން އައި ހުރިހާ އޮޕަރޭޝަނެއް ހުއްޓަމަކަށް ގެނެސްފިކަން ހާމަ ކޮށްފިއެވެ.

އަދި މީގެ އިތުރުން އެކުންފުނިން ރަޝިއާއަށް ކާރު ސަޕްލައިކުރުންވެސް މިހާރު ހުއްޓުމަކަށް އައިސްފައިވާކަންވެސް ކުންފުނިންވަނީ ހާމަ ކޮށްފައެވެ. ޓޮޔޯޓާއިން ބުނެފައިވަނީ، ޔޫކުރެއިންގައި ހިގަމުން އަންނަ ހަގުރާމައިގެ ސަބަބުން މޮސްކޯއަސް ސަޕްލައިން ކުރަމުންއައި، "ސަޕްލައިން ޗެއިންތައް" މިހާރު ބަންދުވެފައި ވާކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ރަޝިއާއި ގުޅުންހުރި އެއްވެސް އޮޕަރޭޝަނެއް މިހާރު ކުރިޔަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތްކަމުގައެވެ.

ދުނިޔޭގެ ކާރު އުފެއްދުމަށް އެންމެ މަޝްހޫރު ކުންފުނިން ބުނެފައިވަނީ، ރަޝިއާގެ ސެއިންޓް ޕީޓާރސްބާގްގައި ހުންނަ އެ ކުންފުނީގެ ފެކްޓަރީން ފާއިތުވެދިޔަ އަހަރު އެކަނިވެސް 80،000 ކާރު އުފައްދާފައިވާ ކަމަށާއި، އަދި މިއީ މުޅިންވެސް ރަޝިއާ މާރކެޓަށް އަމާޒުކޮށް އުފައްދާފައިވާ ކާރުތައް ކަމަށެވެ.

އެހެންނަމަވެސް، ރަޝިއާގައި އެކުންފުނިން އުފައްދާފައިވާ ކާރުގެ މިންވަރަކީ މުޅި ދުނިޔޭގެ މާރކެޓަށް އެކުންފުން އުފައްދާފައިބާ 10.5 މިލިއަން ކާރުގެ ކުޑަ މިންވަރެއްކަންވެސް ހާމަ ކޮށްފައި ވެއެވެ.

"ސަޕްލައި ޗެއިންތައް ހުއްޓުމަކަށް އައިސްފައި ވުމާއެކު، ސެއިންޓް ޕީޓާސްބާގްގައި ހުންނަ ޓޮޔޯޓާ މޯޓޯސްގެ ހުރިހާ އޮޕަރޭޝަނެއް މާރޗް 4 އިން ފެށިގެން ހުއްޓުމަކަށް ގެނެސް އަދި އޭގެ އިތުރުން ރަޝިއާއަށް ކާރު އެތެރެކުރުންވެސް ހުއްޓުމަކަށް ގެނައުމަށް ވަނީ ހަމަޖެހިފައި،" ޓޮޔޯޓާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އަރާ އެގައުމަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން، ޔޫރަޕާއި ހުޅަނގުގެ ގިނަ ގައުމުތަކުން ދަނީ ރަޝިއާއި ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން އަޅަމުންދާ އިގްތިސާދީގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ރަޝިއާގެ ފްލައިޓްތަކަށާއި އަދި ކަނޑު އުލަދުތަކަށް ޔުރަޕްގެ ވަޔާއި އަދި ކަނޑުގެ ސަރަހައްދު އެކީ ކަހަލަގޮތަކަށް މިހާރުވަނީ ބަންދު ކުރެވިފައެވެ.

އަދި މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރަޝިއާގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، އެގައުމުގެ ފައިސާގެ އަގުވަނީ %30 ދަށަށް ގޮސްފައެވެ. އަދި ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހު އެކަނިވެސް ރަޝިއާގެ އިގްތިސާދުން ވަނީ %5 ކުޑަ (ކޮންޓްރެކްޓް) ވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *