ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް

ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް

Author
މުޙައްމަދު ޝަޒައިމް
28 ފެބްރުއަރީ 2022 08:03
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަޤާމަށް ގދ. ވާދޫ، ޕެރިސް، ލުއައްޔު ސަޢީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ލުއައްޔު ސަޢީދު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވަރސިޓީން 2013 ވަނަ އަހަރު ބެޗެލަރ އޮފް ސައިންސް އޮނަރސް އިން އެޕްލައިޑް އެކައުންޓިންގ ހާޞިލްކުރައްވާފައެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ލުއައްޔު ސަޢީދު ވަނީ މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރުކަމާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ އިންޓަރނަލް އޮޑިޓް އެގްޒެކެޓިވްކަމާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސީނިއަރ އޮޑިޓަރުކަމުގެ މަޤާމު ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.