އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއްވި އީމާން ނިޔާވެއްޖެ

އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއްވި އީމާން ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
28 ފެބްރުއަރީ 2022 12:48
0

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ވިލިމާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމެޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވެއްޖެއެވެ. އީމާންގެ އާއިލާއިން ވަނީ އެކަށް ކަށަވަރުކޮށްދީފައެވެ.

އީމާން ނިޔާވީ އެކްސިޑެންޓަށްފަހު ހޭނާރާއޮވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ. އީމާން އެކްސިޑެންޓްވީ ހުޅުމާލެ ކުރެދިމާ ހިނގުމުން ސައިކަލުގައި ދުއްވާފައި ދަނިކޮށް ވެއްޓި ގެންނެވެ. އެކްސިޑެންޓް ހިނގީ އިއްޔެ ހަވީރު 4:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އީމާންގެ ބޮލަށް އަނިޔާވެ، ގިނަ އަދަދަކަށް ލޭ ފައިބާފައި ހުރި މަންޒަރުވެސް އާންމު ވީޑިއޯއިން ފެނެއެވެ. އޭނާއަށް އަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސް ވެގެން ފަހުން ވަނީ އޭޑީކޭއަށް ބަދަލު ކޮށްފައެވެ. ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.